ޤުނޫތުއްނާޒިލާއަކީ ދާއިމީކޮށް ފަސް ނަމާދަށް ފަހު ކިޔަން އޮންނަަ އެއްޗެއް ނޫން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަުދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ޤަތުލުޢާއްމާއި ގުޅިގެން، ޔަހޫދީންގެ އަނިޔާއިން ފަލަސްތީނުގެ ރައްޔިތުން ސަލާމަތްކޮށްދެއްވުން އެދި ރާއްޖޭގެ ރަށްތަކުގެ މިސްކިތްތަކުގައި ރޭގަނޑުގެ ނަމާދުތަކަށްފަހު ޤުނޫތު ކިޔަން އެންމެ ފުރަތަމަ އެންގީ 2023 އޮކްޓޯބަރ މަހުގެ 11 ގައެވެ. އެއަށްފަހު ފަސް ނަމާދަށްފަހު ޤުނޫތު ކިޔަން ސަރުކާރުން އެންގީ 18 އޮކްޓޯބަރު 2023 ގައެވެ.

ނަމަވެސް ފަހުން އަނެއްކާވެސް 3 ޑިސެމްބަރުގައި ސަރކިއުލާއެއް ނެރެ އަންގާފައިވަނީ 03 ޑިސެމްބަރުން ފެށިގެން ޤުނޫތު ކިޔަންވާނީ އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައި އެކަނި ކަމަށެވެ.

އަދި މިހާރު ވަނީ މިރޭގެ މަޣުރިބު ނަމާދުން ފެށިގެން މިސްކިތްތަކުގައި ޤުނޫތު ކިޔުން ހުއްޓާލުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފަ އެވެ.

އެހެން ނަމަވެސް އިސްރާއިލުން ހިންގަމުންދާ ގަތުލު އާންމަށް އެއްވެސް ހުއްޓުމެއް ނެތި ކުރިއަށް ދަނިކޮށް ގުނޫތު ކިޔުން ހުއްޓާލަން އެންގުމުން ފާޑު ކިއުންތައް ވަނީ އަމާޒުވެފަ އެެވެ.

އެ ފާޑުކިޔުންތަކާ ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވީ އެ ޤުނޫތަކީ ދާއިމީކޮށް ފަސް ނަމާދަށް ފަހު ކިޔަން އޮންނަަ އެއްޗެއް ނޫން ކަމަށެވެ،

"ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ މުޞީބާތުގެ ވަގުތުގައި ޤުނޫތުއްނާޒިލާ 1 މަސް ދުވަސް ވަންދެން ކިޔުއްވުމަށް ފަހު ދޫކޮށްލެއްވި." ޝަހީމް ވިދާޅުވި އެވެ.

7 އޮކްޓޫބަރުން ފެށިގެން އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި ޝަހީދުވީ މީހުންގެ އަދަދު މިހާރުވަނީ 25،000 އަށްވުރެ މައްޗަށް އަރާފައި ކަމަށް ފަލަސްތީންގެ ހެލްތް މިިނިސްޓްރީންވަނީ ބުނެފައެވެ. އަދި މި ހަނގުރާމައިގައި މިހާތަނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ މީހުންގެ އަދަދު ވަނީ 62،000 ފަހަނައަޅާ ގޮސްފައެވެ.



ކިޔުންތެރިންގެ ހިޔާލު