މި ސަރުކާރު އައިއިރު ނުދައްކާ ހުރި ބިލުތަކުގެ 50 ޕަސެންޓް ދެއްކިއްޖެ ކަަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ވޯލްޑް ބޭންކުގެ ބޭފުޅުންނާއެކު ބޭއްވި ބައްދަލުވުމަށް ފަހު މިނިސްޓަރު ސައީދު ވިދާޅުވީ ވޯލްޑް ބޭންކުގެ ބޭފުޅުންގެ ދަތުރުފުަޅަކީ ރާއްޖޭގެ އިގްތިސާދާއި އަދި މާލީ ކަންތައްތަކާ ބެހޭ މިނިސްޓްރީތަކާ އަދި ބޭފުޅުންނާ ވާހަކަ ދެއްކުމާއެކު މަޝްރޫއުތަކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ކުރި ދަތުރެއް ކަމަށެވެ.
ސައީދު ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ރާއްޖޭގެ ފައިނޭންޝިއަލް ހާލަތު ވަރަށް ދަށްކަމަށާއި ގާތްގަނޑަކަށް ހަތް ބިލިއަން ރުފިޔާގެ ނުދައްކާ ބިލުތައް ހުރި ކަމަށެވެ.
"އެ އަދަދުވެސް އަޅުގަނޑުމެންނަށް އިރާދަ ކުރެއްވިއްޔާ ވަނީ 50 ޕަސެންޓް ދަށްކުރެވިފައި. އަދިވެސް ނުދައްކާ އެތަކެއް ބިލުތަކެއް އެ ހުރީ. އެކަންތައްތައްވެސް އަޅުގަނޑުމެން އެޓެންޑްވެގެން ކުރިއަށް މިދަނީ." ސައީދު ވިދާޅުވި އެވެ.
ސައީދު އިތުރަށް ވިދާޅުވީ މި ސަރުކާރަށް އަދި ތިން މަސް ނުވާ ކަމަށާއި، އަމާޒު ހިފައިފައި ހުރީ އުނދަގޫ ހާލަތުން އަރައިގަތުމަށް ކަމަށެވެ،
އެހެންކަމުން ރާއްޖޭގެ ހާލަތާއި އަދި ކުރިއަށް ވިސްނާ ކަންކަމާއި ރާއްޖޭގެ އިގްތިސާދު ފުޅާކުރަން ކުރާ ކަންކަމުގެ މައުލޫމާތު ވޯލްޑް ބޭންކް އަދި އައިއެމްއެފް ފަދަ އިންސްޓްޓިއުޝަންތަކާ ހިއްސާކުރުމުގެ މުހިންމުކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

ކިޔުންތެރިންގެ ހިޔާލު