ޑޮކްޓަރުކަން ކިޔަވަން ފެށުމުގެ ކުރިން ހަދާ ޕްރީ މެޑިސިން ކޯސްތައް ރާއްޖޭގެ މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން އަނެއްކާވެސް ގަބޫލުކުރަން ފަށައިފި އެވެ.
އޭ ލެވަލް ނަހަދާ ނުވަތަ އޭ ލެވެލްއިން ރަނގަޅަށް ފާސް ނުވާ ދަރިވަރުން ޑޮކްޓަރުކަން ކިޔެވުމުގެ ކުރިން ޕްރީ މެޑިސިން ކޯސްތައް ހަދަ އެވެ. ނަމަވެސް އޭގެ ސަބަބުން ދަރިވަރުންގެ ފެންވަރު ދަށްވާ ކަމަށް ބުނެ
ރާއްޖޭގެ މެޑިކަލް ކައުންސިލުން ޕްރީ މެޑިސިން ކޯސްތައް ގަބޫލުކުރުން 2019 ވަނަ އަހަރު ވަނީ ހުއްޓާލި އެވެ.
މެޑިކަލް ކައުންސިލުން އޭރު ބުނިގޮތުގައި އެއް އަހަރުން ފުރިހަމަކުރަން ޖެހޭ ޕްރީ މެޑިސިން ކޯސްތައް ބައެއް ތަންތަނުން ހަ މަސް ދުވަހުން ވެސް ނިންމާ ކަމަށެވެ. އެހެން ނަމަވެސް ދުނިޔޭގެ މަޝްހޫރު ގިނަ ޔުނިވާސިޓީތަކުން ވެސް އެފަދަ ޕްރީ މެޑިސިން ޕްރޮގްރާމްތައް ގަބޫލެއް ނުކުރެއެވެ.
ނަމަވެސް މިހާރު އަނެއްކާވެސް މެޑިކަލް ކައުންސިލުން ވަނީ ގަވާއިދު އިސްލާހުކޮށް އެފަދަ ޕްރީމެޑް ކޯސްތައް ގަބޫލުކުރަން ފަށައިފަ އެވެ. ނަމަވެސް އޭގެ ސަބަބެއް ހާމައެއް ނުކުރެއެވެ.
އެގޮތުން ބަޔޮލޮޖީ އާއި ކެމިސްޓްރީ އާއި ފިޒިކްސް އަދި ހިސާބުން ސީ ގްރޭޑަށް ވުރެ ދަށުން ފާސްވެފައިވާ ދަރިވަރުން އެއް އަހަރު ނުވަތަ އެކަޑެމިކް 32 ހަފުތާގެ ޕްރީ މެޑިސިން ކޯސް ފުރިހަމަކޮށް ޑޮކްޓަރުކަން ކިޔަވައިފިނަމަ މެޑިކަލް ކައުންސިލުން ސެޓްފިކެޓް ގަބޫލުކުރާނެ ކަމަށް އެކައުންސިލުން ބުނެފައި ވެެވެ.

ކިޔުންތެރިންގެ ހިޔާލު