ރާއްޖޭގައި ތިިބި އިންޑިއާ ސިފައިން ބޭލުމުގެ ދެވަނަ މަޝްވަރާއަށް ރާއްޖޭގެ ވަފުދެއް އިންޑިއާއަށް ފުރައިފި އެވެ.

އެ ވަފުދު އިންޑިއާއަށް ފުރިކަން ފޮރިން މިނިސްޓްރީން ޔަގީންކޮށްދެ އެވެ.

ނަމަވެސް އެ ވަފުދުގައި ހިމެނެނީ ކޮން ބޭފުޅުންނެއް ކަމާއި އެ ވަފުފުގައި ހިމެނޭ ބޭފުޅުންގެ އަދަދެއް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.

ރާއްޖެއިން އިންޑިއާ ސިފައިން ބޭލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

އަދި އެކަމާ ގުޅޭ ފުރަތަމަ ބައްދަލުވުން ރާއްޖޭގައި ކުރިއަށް ގެންގޮސްފައިވާ އިރު އަންނަ މަހުގެ 15އިގެ ކުރިން ހުރިހާ ސިފައިން ރާއްޖެއިން ގެންދިއުމަށް ވަނީ އެދިފަ އެެވެ.

އޭގެ އިތުރުން ދުބާއީގައި ކުރިއަށް ދިޔަ ކޮޕް- 8 ސަމިޓުގެ ހަވާސާގައި ވެސް ރައީސް މުއިއްޒު ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވައި އެ ގައުމުގެ ސިފައިން އަނބުރާ ގެންދެވުމަށް އެދިވަޑައިގެންފަ އެވެ.

މިމައްސަލައިގައި އިންޑިއާއާއި ރާއްޖޭގެ ގުޅުން ގޯސްވެފައިވާ އިރު އިންޑިއާގެ ހެލިކޮޕްޓަރާއި މަތިންދާބޯޓު ބޭނުންކުރުން ވެސް މިހާރު ރާއްޖެއިން ވަނީ ހުއްޓާލައިފަ އެވެ.



ކިޔުންތެރިންގެ ހިޔާލު