ރައީސްގެ އައްޑޫ ދަތުރުގައި ނޫސްވެރިން ގެންދިއުމަށް ރައީސްއޮފީހުން އެއްވެސް ޚަރަދެއް ކޮށްފައި ނުވާނެކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރައީސް ޞާލިޙްވަނީ އައްޑޫ ސިޓީއަށް ވަޑައިގެންފައެވެ. އަދި ރައީސްގެ މިދަތުރުފުޅު ކަވަރު ކުރުމަށް ބައެއް ނޫސްވެރިން ދަނީ އައްޑޫގައި ޙަރަކާތްތެރިވަމުންނެވެ.
އެކަމާގުޅިގެން ރައީސްގެ ކެމްޕޭން ދަތުރުފުޅު ކަވަރު ކުރުމަށް ރައީސް އޮފީހުން ބައެއް ނޫސްވެރިންނަށް ޚަރަދު ކޮށްފައިވާ ކަމަށް ރާއްޖޭގެ އޮންލައިން މީޑިއާއެއްގައި ވަނީ ރިޕޯޓްކޮށްފައެވެ. އެހެންނަމަވެސް އެކަން ދޮގުކޮށް ރައީސް އޮފީހުން ބުނެފައިވަނީ ރައީސްގެ އައްޑޫ ދަތުރުފުޅު ކަވަރު ކުރުމަށް އެއްވެސް ނޫސްވެރިއަކަށް ރައީސް އޮފީހުން ޚަރަދު ކޮށްފައި ނުވާނެ ކަމަށެވެ.
“ރައީސްގެ އައްޑޫ ދަތުރުގައި ނޫސްވެރިން ގެންދިއުމަށް ރައީސްއޮފީހުން ޚަރަދެއް ނުކުރޭ.” މިއުވާން ވިދާޅުވިއެވެ.
މިއުވާން މީގެ ކުރިންވެސް ވިދާޅުވެފައިވަނީ ރައީސްގެ މި ދަތުރުފުޅަކީ ކެމްޕޭން ދަތުރުފުޅަކަށްވާތީ އެ ދަތުރުފުޅުގެ ޚަރަދު ކުރައްވާނީ ކެމްޕޭން ޓީމުން ކަމަށެވެ. ކެމްޕޭނަށް ކުރައްވާ އެއްވެސް ދަތުރުފުޅެއްގައި ސަރުކާރުން ހަރަދު ނުކުރާނެ ކަމަށް މިއުވާން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު