ހުޅުމާލޭގެ އިމާރާތެއްގެ 14 ވަނަ ބުރިން މީހަކު ވެއްޓި މަރުވެއްޖެ.

މިހާދިސާގައި މަރުވެފައިވަނީ ބިދޭސީއެކެވެ. އެއީ ބަންގްލަދޭޝް ރައްޔިތެކެވެ.

އެމީހާ ވެއްޓިފައިވަނީ ހުޅުމާލޭގެ ފޭސް 2 ގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހަދަމުންދާ ޓަވަރުގެ 14 ވަނަ ބުރިންނެވެ.

ފުލުހުން ބުނީ އެކަން ރިޕޯޓު ކުރީ މެންދުރު 1:40 ހާއިރު ކަމަށެވެ. އެމީހާ މަރުވީ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށެވެ.

ފުލުހުން ގެންދަނީ މިމައްސަލަ ތަހުގީގް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު