ރާއްޖެ އެތެރެކުރި ފްރާންސްގެ ޗީޒެއްގައި ޖަރާސީމުން ތަޣައްޔަރުވުމުގެ ފުރުސަތު އޮތުމުގެ ސަބަބުން، އެ ވައްތަރުގެ ޗީޒް ވިއްކުމާއި ބޭނުންކުރުން ހުއްޓާލަން ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމްއެފްޑީއޭ އިން އަންގައިފިއެވެ.
އެމްއެފްޑީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 'އީކޮލައި' ޖަރާސީމުން ތަޣައްޔަރުވުމުގެ ފުރުސަތު އޮތް ކަމަށް ބެލެވޭ އެ ޗީޒް ރާއްޖެ އެތެރެވެފައިވާ ކަމުގެ މައުލޫމާތު ޔޫރަފުގެ ރެޕިޑް އެލާޓު ސިސްޓަމް ފޯ ފުޑް އެންޑް ފީޑް (އާރްއޭއެސްއެފްއެފް) އާއި އިންޓަނޭޝަނަލް ފުޑް ސޭފްޓީ އޮތީރިޓީސް ނެޓްވޯކުން އެ އޮތޯރިޓީއަށް އަންގާފައިވާ ކަމަށެވެ.
އެލާޓާ ގުޅިގެން، އެ ޗީޒްގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ހިރާސްގެ މިންވަރު ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެފްޑީއޭ އިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
"ވީމާ، ރައްކާތެރި ފިޔަވަޅެއްގެ ގޮތުން، ފަރަންސޭސިވިލާތުގެ މި މައުލޫމާތު ހިމެނޭ ޗީޒް ނުވިއްކުމަށާއި ބޭނުން ނުކުރުމަށް އަންގަމެވެ." އެމްއެފްޑީއޭ އިން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު