އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ހުވާނުކުރެވި މަޖިލީހުގެ އިތުބާރު ނެތް ރައީސަކަށް ވެރިކަމުގެ ބާރުތަށް ހިގައިދާނެތީ ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ރައީސް އޮފީހުގެ މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަޙްމަދު ސަމީރު މިހެން ވިދާޅުވީ މިހާރު މަޖިލީހަށް ހުށައަޅާފައިވާ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލައިގައި މިއަދު ނެރުއްވި ބަޔާނެއްގައެވެ.
އަޙްމަދު ސަމީރު ވިދާޅުވީ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައަޅާފައިވާއިރު އެ މައްސަލައަށް ހައްލެއް ނުހޯދައި އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުވާކުރުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދެވިދާނެ ކަމާއި މެދު ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަމަށެވެ.
އެގޮތުން އަންނަ ނޮވެމްބަރު މަހު 17 ވަނަ ދުވަހު އިންތިހާބީ ރައީސް ހުވާކުރެއްވުމުގެ ޖަލްސާގެ ކުރިން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ގޮތެއް ނިންމައި އިންތިހާބީ ރައީސް ހުވާކުރެވޭނެ ކޮންމެވެސް އިންތިޒާމެއް ހަމަޖައްސަންޖެހޭ ކަމަށް ސަމީރު ވިދާޅުވިއެވެ. އަދި އެކަން އެމަގުން ނުހިގައިފިނަމަ ހިނގަމުން މިދާ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙުގެ ރިޔާސީ ދައުރު ނޮވެމްބަރު 17 އަށް ހަމަވެ އިންތިހާބީ ރައީސް ހުވާކުރުމާއި ދެމެދު ހިނގާ މުއްދަތުގައި ވަގުތީ ގޮތުން ރައީސްގެ ޒިންމާތަކާއި މަސްއޫލިއްޔަތު ތަކާއި ހަވާލުވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ސަމީރު ވިދާޅުވިއެވެ.
"އިތުބާރު ގެއްލި މަގާމުން ވަކިކުރަން ހުށައަޅާފައިވާ ރައީސަކަށް އެ މަސްއޫލިއްޔަތު (ރައީސުލްޖުމުހޫރިއްޔާގެ ޒިންމާތަކާއި ވާޖިބު) އުފުލިދާނެކަމާއި މެދު އުފެދޭ ސުވާލާއެކު ދެން ދިމާވެގެންދާނެ ޤާނޫނީ މައްސަލަތައް ބޮޑެެވެ." ސަމީރު ވިދާޅުވިއެވެ.
މީގެ އިތުރުން ސަމީރު ވިދާޅުވީ މަޖިލީހުގެ އަމީން އާންމާއި ކައުންސެލަރ ޖެނެރަލް މަޖިލީހުގެ ގަވާއިދު މާނަކުރުމުގައި މަޖިލިސް ހުއްޓުމަކަށް ނާންނަ ފަދަ ގޮތަކަށް އިސްކަންދެއްވަން ޖެހޭ ކަމަށެވެ. އަދި މަޖިލީހުގެ ގަވާއިދު އެ ނޫންގޮތަކަށް މާނަކޮށްފިނަމަ މުޅި މަޖިލީހުގެ އިއްޒަތާއި ކަރާމަތާއި މަޖިލީހުގެ މުޅި ނިޒާމް ގެއްލިގެން ހިގައިދާނެ ކަމަށް ސަމީރު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލަ ކުރިޔަށް ގެންދެވޭނެ ގޮތެއް ހޯދަން އެމްޑީޕީގެ ފަރާތުން ސުޕްރީމް ކޯޓަށް މިހާރު ވަނީ ދުސްތޫރީ މައްސަލައެެއް ހުށައަޅާފައެވެ. އެމައްސަލައިގެ އަޑުއެހުމެއް އަންނަ އާދިއްތަ ދުވަހަށް މިހާރު ވަނީ ތާވަލްކޮށްފައެވެ. އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ވަނީ އެކަމުގައި ގޮތެއް ނުނިންމާ މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު