މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވަން ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރު ނިންމަވައިފި އެވެ.
މަޝްހޫރު ގާނޫނީ ވަކީލު ކުރީގެ ބަންޑާރަ ނައިބް އާޒިމާ އެކަން ހާމަކުރެއްވީ އެކަމަނާ ނެރުއްވި ބަޔާނެއްގައެވެ. އާޒިމާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މާލޭގެ މޭޔަރު ކަމުގެ ބައި-އިލެކްޝަންގައި ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާނެ ކަމަށެވެ.
އެމަގާމަށް ވާދަކުރަން ނިންމެވީ މާލޭ ސަރަހައްދު ހަގީގީ މާނައިގައި ތަރައްގީ ކުރުމަށްޓަކައި އަދި ވެސް ބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށް ގަބޫލު ކުރެވި އެ ކަންކަން ރައްޔިތުންނަށް ކޮށްދިނުމުގައި އިސްނެންގެވުމަށް ބޭނުންފުޅުވާތީ ކަމަށް އާޒިމާ ވިދާޅުވިއެވެ.
އާޒިމާގެ އިތުރުން ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފާއި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދު ވެސް މީގެކުރިން ވަނީ އެމަގާމަށް ވާދަކުރައްވާނެކަން ހާމަކުރައްވާފައެވެ.
މާލޭ ސިޓީގެ މޭޔަރުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. މާލޭގެ މޭޔަރު ކަމުގެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރަނީ މިހާރު އެމަގާމުގައި ހުންނެވި ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަށްވާފައިވާތީއެވެ. އެމަގަމު ހުސްވާނި އެމަނިކުފާނު ރާއްޖޭގެ ރައީސްކަމުގެ ހުވައި ކުރެއްވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު