ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމާއި ގުޅޭގޮތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް ޕީޕީއެމް ޕީއެންސީންވެސް ތަދައްހުލްވާން ނިންމައިފިއެވެ.
މަޖިލީހުގެ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވިގެން ރައްޔިތުންގެ މަޖިލީހަށް ހުށައަޅަފައިވާ މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ އެމްޑީޕީގެ ފަރާތުންނެވެ.
ސުޕްރީމް ކޯޓަށް ހުށައެޅި ދުސްތޫރީ މައްސަލާގައި ބުނެފައިވަނީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ތާވަލުކުރާ ޖަލްސާއަށް ނައިބު ރައީސަށް ވަޑައިނުގެންނެވޭ ހާލަތުގައި، މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާއަށް އަމަލު ކުރަންޖެހޭ ގޮތަށް މާނަކޮށްދިނުމަށެވެ.
ކުރިއަށް އޮތް 5 އަހަރު ދުވަހަށް ވެރިކަމަށް އިންތިހާބުވެފައިވާ ޕީޕީއެމް ޕީއެންސީން މިއަދު ކުރި ޓްވީޓެއްގައި ބުނީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅަފައިވާ މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުމަށް އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށައެޅި ދުސްތޫރީ މައްސަލައަށް އެ ޕާޓީން ތަދައްހުލުވާން ނިންމާފައިވާކަމަށެވެ.
ޕީޕީއެމް ޕީއެންސީގެ އިތުރުން ރައީސް ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ދަ ޑިމޮކްރެޓްސްގެ ފަރާތުންވެސް ވަނީ މި މައްސަލައަށް ތަދައްހުލްވާން ނިންމާފައެވެ.
"އާދެ އަޅުގަނޑުމެން ތަދައްހުލްވާނަން ސުޕްރިމް ކޯޓައް ހުށައަޅާފައިވާ މައްސަލައަށް ހައްލު ހޯދުމަށް. އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުމެންގެ ހުރިހާ މެމްބަރުންވެސް ހަގީގަތުގައި ރައްޔިތުންގެ މަޖިލީހުގެ މައްޗައް ކުރެވިފައިވާ ދައުވާއެއް އެއީ އެހެންވީމާ އެކަމަށް އަޅުގަނޑުމެން ތަދައްހުލް ވާން ޖެހޭނެ" ދަ ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު އާޒިމް ވިދާޅުވިއެވެ.
ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި އެމްޑީޕީން ބުނެފައިވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ގޮތެއް ނިންމުމަށްފަހު ނޫނީ މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

Rayyithunge Majileehuge Raees ge ithubaaru neih massala aa gulhey gothun Supreme court ah hushahalhaafa vaa dhusthooree massala ah PPM PNC in thadhakhul vaan vanee ninmaafa.
— Progressive Party of Maldives (@ProgressPartyMV) November 1, 2023
ޕީޕީއެމް ޕީއެންސީގެ އިތުރުން ރައީސް ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ދަ ޑިމޮކްރެޓްސްގެ ފަރާތުންވެސް ވަނީ މި މައްސަލައަށް ތަދައްހުލްވާން ނިންމާފައެވެ.
"އާދެ އަޅުގަނޑުމެން ތަދައްހުލްވާނަން ސުޕްރިމް ކޯޓައް ހުށައަޅާފައިވާ މައްސަލައަށް ހައްލު ހޯދުމަށް. އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުމެންގެ ހުރިހާ މެމްބަރުންވެސް ހަގީގަތުގައި ރައްޔިތުންގެ މަޖިލީހުގެ މައްޗައް ކުރެވިފައިވާ ދައުވާއެއް އެއީ އެހެންވީމާ އެކަމަށް އަޅުގަނޑުމެން ތަދައްހުލް ވާން ޖެހޭނެ" ދަ ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު އާޒިމް ވިދާޅުވިއެވެ.
ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި އެމްޑީޕީން ބުނެފައިވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ގޮތެއް ނިންމުމަށްފަހު ނޫނީ މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު