ތިލަފުށި ފޭސް 2 ގެ އޭރިއާ ބީ ހިއްކާ ނިމި، އޭރިއާ އޭ ހިއްކުމުގެ މަސައްކަތް ފަށައިފި ކަމަށް އާބަންކޯއިން ހާމަކޮށްފިއެވެ.
އޭރިއާ ބީ އަކީ 39.6 ހެކްޓަރގެ ސަރަހައްދެކެވެ. މި އޭރިއާ ހިއްކާ ނިމުމާއެކު، އޭރިއާ އޭ ހިއްކުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އަރބަންކޯއިން ހާމަކުރިއެވެ.
އާބަންކޯއިން ބުނީ އޭރިއާ އޭ ހިއްކުމުގެ މަސައްކަތް އަންނަ އަހަރުގެ ފެބްރުއަރީ މަސް ތެރޭގައި ނިންމާލެވޭނެ ކަމަށެވެ. އޭރިއާ އޭގެ ގޮތުގައި ހިއްކުމަށް ހަމަޖެހިފައިވަނީ 71.5 ހެކްޓަރ ގެ ސަރަހައްދެއް ކަމަށްވެސް އާބަންކޯއިން މަޢުލޫމާތުދީފައި ވެއެވެ.
ތިލަފުށީގެ ސިނާއީ މަޝްރޫއަކީ ދިވެހި ސަރުކާރުގެ ލަފަޔާއި އިރުޝާދުގެ ދަށުން އަރބަންކޯއިން ކުރިއަށް ގެންދާ މަޝްރޫއެކެވެ. ތިލަފުށީގެ ބިން ހިއްކާ ނިމުމުން، ތިލަފުށި މާސްޓަރ ޕްލޭންގެ ދަށުން އުމްރާނީ މަސައްކަތްތައް ކުރުމަށާއި ވިޔަފާރީގެ ބޭނުންތަކަށް ޖާގަ ތަނަވަސްކޮށްދިނުމުގެ ގޮތުން ބޮޑެތި ބިންތައް ދޫކުރުމަށް ކަނޑައެޅިފައި ވާ ކަމަށް އާބަންކޯއިން ބުނެފައި ވެއެވެ.
މިކަމުގެ ސަބަބުން ތަރައްގީގެ މަސައްކަތްތަކާއި އިގްތިސާދީ ހަރަކާތްތައް އިތުރަށް ފުޅާކޮށް ކުރިއަށް ގެންދިއުމަށް މަގުފަހިވާނެ ކަމަށް ވެސް އާބަންކޯއިން ބުނެއެވެ. އެއާއެކު ތިލަމާލެ ބްރިޖުން ހުޅުމާލެ، މާލެ، ވިލިމާލެ، އަދި ގުޅީފަޅު ތިލަފުށްޓާއި ގުޅުވާލެވުމުން މި ސަރަހައްދަށް އިގްތިސާދީ ގޮތުން އިންގިލާބީ ކުރި އެރުންތަކެއް އަންނާނެ ކަމަށް އެކުންފުނިން ފާހަގަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު