ހުވާކުރުމުގެ ރަސްމިއްޔާތުގެ ޚަރަދު 29 މިލިއަނުން 22 މިލިއަނަށް ކުޑަކުރުމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގަތް ކަމަށް އިންތިޤާލީ އޮފީހުން ބުނެފިއެވެ.
އިންތިޤާލީ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ އޮފީހުގެ ތަރުޖަމާނު ފިރުޒުލް ޢަބްދުﷲ ޚަލީލް ވިދާޅުވީ އިންތިހާބީ ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތައް ޚަރަދުވާނެ ކަމަށް މަޖިލީހުން ފުރަތަމަ ލަފާ ކުރީ 29 މިލިއަން ރުފިޔާ ކަމަށެވެ. އެހެން ނަމަވެސް، އެ އަދަދު މާ ބޮޑުކަމަށް ފާހަގަކުރައްވައި އެ އަދަދު 22 މިލިއަނަށް ކުޑަ ކުރުމަށް މުޢިއްޒު އެދިވަޑައިގަތް ކަމަށް އޭނާ ވިދާޅުވިއެވެ.
ފިރުޒުލް ވިދާޅުވީ ހުވާކުރުމުގެ ރަސްމިއްޔާތަށް ވަޑައިގަތުމަށް 3500 ފަރާތްތަކަށް ރައްޔިތުންގެ މަޖިލީހުން ޚާއްސަކޮށް ދައުވަތު ދީފައިވާ ކަމަށެވެ. އަދި މި ރަސްމިއްޔާތުގައި ޢާންމުންގެ 1000 މީހަކަށް ޖާގަ ދިނުމަށް މަސައްކަތްކުރަމުން ދާ ކަމަށްވެސް ފިރުޒުލް ވިދާޅުވިއެވެ.
"ރައްޔިތުންގެ މަޖިލީހުން އިތުރަށް ފާޙަގަކޮށްފައިވޭ 3500 ހާއްސަ ދައުވަތު ދިނުމަށް ނިންމާފައިވާކަން. އޭގެ އިތުރަށް އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ އިތުރުން 1000 އާންމުންނަށް އާންމުކޮށް ހުޅުވާލެވިގެން ބައިވެރިވެވޭނެ ފުރުސަތު ފަހިކޮށްދިނުމަށް." ފިރުޒުލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު