އިންތިޚާބީ ރައިސް ޑރ.މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅަކީ 2024 ވަނަ އަހަރުގެ ބަޖެޓް 49 މިލިއަނަށްވުރެ ބޮޑުނުކުރުން ކަމުގައި އިންތިޤާލީ އޮފީހުގެ ތަރުޖަމާނު ފިރުޒުލް އަބްދުﷲ ޚަލީލް މިއަދު ވިދާޅުވެއްޖެއެވެ.
އިންތިޤާލީ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފިރުޒުލް ވިދާޅުވީ ޑރ. މުއިއްޒުގެ ވިސްނުންފުޅަކީ ދައުލަތައް ލިބޭ އާމްދަނީއާއި ޚަރަދުގެ ދެމެދުގައި ހުރި ފަރަޤު ކުޑަ ކުރުން ކަމަށެވެ.
"އެ ވިސްނުންފުޅުގައި ދައުލަތުގެ ދަރަންޏާއި، އަދި ހަމައެހެންމެ ދައުލަތަށް ލިބޭ އާމްދަނީއާއި ދެމެދު ހުރި ފަރަޤުތައް ކުޑަ ކުރެއްވުމުގެ ބޭނުންފުޅުގައި އެވިސްނުންފުޅުގައި އެމަނިކުފާނުގެ ނިންމެވުމަކީ 49 ބިލިއަނަށް ވުރެ 2024 ވަނަ އަހަރުގެ ބަޖެޓު ބޮޑު ނުކުރުން." ފިރުޒުލް ވިދާޅުވިއެވެ.
މިއަދު ފިނޭންސް މިނިސްޓްރީން ވަނީ އަންނަ އަހަރަށް 49.5 ބިލިއަން ރުފިޔާގެ ބަޖެޓެއް، އަންނަ އަހަރަށް ފާސްކޮށްފިނުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ. ނަމަވެސް މިއަދު މަޖިލީހުގެ މެންބަރުން ހަޅުތާލުކުރުމާއި ގުޅިގެން އެމަސައްކަތް ކުރިއަށް ގެންދެވިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު