މިއަދަކީ ރާއްޖެ އިސްލާމްވި ދުވަހެއް ނޫން ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޒަމާނުއްސުރެ ދިވެހިރާއްޖެ އިސްލާމްވީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ 2 ރަބީއުލްއާޚިރެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރައްޔިތުން އިސްލާމް ދީން ބަލައިގަތީ އެއް ދުވަހެއްގައި ނޫންކަމަށެވެ. އަދި މިއަދު ފާހަގަކުރަމުންދާ ދުވަހަކީ އޭރުގެ ރަސްގެފާނު އިސްލާމްވީ ދުވަސްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ ދިވެހި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ.

ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބާގައި ރައީސް އިބްރާހިމް މުޙައްމަދު ސާލިޙާއި އަލަށް އިންތިހާބީ ރައީސް ޑރ މުއިއްޒުވެސް ވަނީ ދިވެހި ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެފައެެވެ.



ކިޔުންތެރިންގެ ހިޔާލު