ރާއްޖޭގެ ދަނޑުވެރިން އުފައްދާ ތަކެއްޗަށް މަތީ އަގު ލިބޭނެ ގޮތްތަކެއް ހޯދަންޖެހޭކަމަށް ދަނޑުވެރިކަމާއިބެހޭ ވަޒީރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

ހުސައިން މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ކުރެއްވި ޓްވީޓެއްގައެވެ.

ދަނޑުވެރިކަމާއިބެހޭ ވަޒީރު ހުސައިން ރަޝީދުގެ ވަނީ ދިވެހިރާއްޖޭގެ ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާއާއި މުބާރިކުބާދީ ދިވެހި އެންމެހާ ދަނޑުވެރިންނަށާއި ދަނޑުވެރިކަމުގެ ސިނާއަތުގެ އެންމެހާ ބައިވެރިންނަށް އަރިސްކުރަށްވާފައެވެ.

ދަނޑުވެރިކަމާއިބެހޭ ވަޒީރު ވިދާޅުވީ ރާއްޖެއަކީ ދަނޑުވެރިކަން ކުރުމަށް ލިބެންއޮތް ބިން ނިސްބަތުން ކުޑަ، ފަތުރުވެރިކަމަށް ނުހަނު ބޮޑަށް ބަރޯސާވާ ގައުމެއްކަމަށެވެ.



ވަޒީރު ވިދާޅުވީ ރާއްޖޭގެ ދަނޑުވެރިކަން އަދި ދަނޑުވެރިކަމުގެ ވިޔަފާރި އިތުރަށް ފުޅާކޮށް ތަރައްގީކުރަންޖެހޭ ކަމަށެވެ. އެގޮތުން ރާއްޖޭގެ ދަނޑުވެރިކަން ތަރައްގީ ކުރުމަށްޓަކައި މިއަދު އެންމެ ބޭނުންވަނީ، އުފައްދާ ތަކެއްޗަކީ ދިވެހިންގެ ކާބޯތަކެތީގެ ރައްކާތެރިކަމަށާއި ފަތުރުވެރިކަމުގެ މާކެޓަށް އަމާޒުކޮށް، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި، ކުދި ބިންތަކުގައި އުފައްދާ މަތީ އަގުލިބޭ އުފެއްދުންތަކަށް ހެދުންކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ ދަނޑުވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހެވެ.



ކިޔުންތެރިންގެ ހިޔާލު