ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ގޮވާލާ ގަރާރެއް މަޖިލީހަށް ހުށަހަޅައިފިއެވެ.

މި ޤަރާރު މަޖިލީހަށް ހުށަހަޅާފައިވަނީ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިންއެވެ.

މެމްބަރު ސައުދު ހުސައިން ހުށަހެޅުއްވި ޤަރާރުގައި ވަނީ ހައްދު ފަހަނައަޅާފައިވާ ޔަހޫދީ ދައުލަތް ކަމުގައިވާ އިޒްރާއީލުން ފަލަސްޠީނުގެ އެކި ސަރަޙައްދު ތަކަށް ދެމުންގެންދާ ނުރައްކާތެރި އުދުވާނީ ހަމަލާތައް ކުއްވެެރިކޮށް އެހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލާފައިވެއެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންނަށް އިޒްރާއީލުން ދެމުންގެންދާ ލާއިންސާނީ އަނިޔާތަށް ކުއްވެރިކޮށް އެއަނިޔާތައް ހުއްޓާލާ ފަލަސްޠީނުގައި އިންސާނީ ހައްޤުތައް ކަށަވަރުކުރުމަށްވެސް ޤަރާރުގައިވެއެވެ.



ސައުދު ހުށަހެޅުއްވި ޤަރާރުގައި ވަނީ އިޒްރާއީލުން ފަލަސްޠީނުގެ ކިބައިން ފޭރިގެންފައިވާ އެންމެހާ ބިންތަކުން ފައިބާ އަދި ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ގޮވާލާފައެވެ.

ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ގޮވާލާ ގަރާރެއް މަޖިލީހަށް ހުށަހަޅާފައިވާއިރު، ރާއްޖޭގައި ދަނީ ފަލަސްތީނު ރައްޔިތުންނާއެކު ތިބިކަން ހާމަކުރުމަށް ތަފާތު ހަރަކާތްތައްވެސް ހިންގަމުންނެވެ. އެގޮތުން ހުރިހާ މީޑިއާއަކުން ބައިވެރިވާ ޓެލެތޯނެއް ކުރިއަށް ގެންދިއުމަށްވެސް ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު