ރާޔާ ރިޟާ   30 ސެޕްޓެމްބަރު 2023 - 10:7
ރައީސުލްޖުމްހޫޜިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަނބިކަނބަލުން ފަޒުނާ އަޙްމަދު މިއަދު ހެނދުނުގެ ވަގުތެއްގައި ވޯޓު ލައްވައިފިއެވެ.

މިއަދު ހެނދުނު 08:00 އިން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަނީ ވޯޓް ލާން ފަށާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ހަވީރު 5:00 ގެ ނިޔަލަށް ވޯޓް ލާ މަރުކަޒުތަކަށް ވަދެވޭނެ ކަމަށެވެ. އަދި ވޯޓު ފޮށިތައް ބަންދު ކުރާނީ ވޯޓުލުން ބަންދުވާ ގަޑި ޖެހޭއިރު ކިއޫގައި ތިބޭ ބަޔަކަށް ވޯޓުލުމުގެ ފުރުސަތު ދިނުމަށް ފަހުގައެވެ.

‏ވޯޓުލާން ފެށުމާއެކު ވީހާވެސް އަވަހަކަށް ވޯޓުލުމުގެ ޙައްގު އަދާކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަމީ އިލްތިމާސް ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު