މާދަމާ އޮންނަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ތާއީދު ހޯދުމަށް އެމްޑީޕީއާއި ޕީޕީއެމުން ކުރިއަށްގެންދިޔަ ވާދަވެރި ކެމްޕެއިން ނިންމާލައިފިއެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރާ ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްާރާހިމް މުހައްމަދު ސާލިހު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ތާއީދު ހޯދުމަށް ކުރިއަށްގެންދިޔަ ކެމްޕެއިން ނިންމާލުމަށް މާލޭގައި ވަނީ ބޮޑު ހިނގާލުމެއް ބާއްވާފައެވެ.

މާލޭގައި ބޭއްވި ހިނގާލުމަށްފަހު، ދެ ޕާޓީންވެސް ވަނީ ހިނގާލުމުގެ ބައިވެރިންނާއެކު ކެމްޕެއިން ނިންމާ ޖަލްސާވެސް ބާއްވާފައެވެ.

މާދަމާ އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްދާނީ ހެނދުނު 8:00 ހަވީރު 5:00އާއި ހަމައަށެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު 282804 މީހަކަށް ލިބެއެވެ.



ކިޔުންތެރިންގެ ހިޔާލު