އަހުމަދު މަސްނޫމް   27 ސެޕްޓެމްބަރު 2023 - 0:34
ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދުކުރަން، ފުރަތަމަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ތާއީދުކުރި އެމްޑީއޭއިން ނިންމައިފިއެވެ.

އެމްޑީއޭއިން މިގޮތަށް ނިންމީ އެޕާޓީގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ރިޔާސަތުގައި އިންނަވައިގެން މިރޭ ބޭއްވި ކައުންސިލްގެ ކުއްލި ބައްދަލުވުމުގައެވެ.

މިބައްދަލުވުމުގައި އެމްޑީއޭއިން އެމްޑީޕީއާއެކު ހަދާފައިވާ ކޯލިޝަން ރޫޅާލުމަށްފަހު، މުއިއްޒަށް ތާއީދު ކުރަން ހުށަހެޅީ ކައުންސިލް މެމްބަރު މުހައްމަދު އައްބާސްއެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފެވެ.

ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި 33 މެމްބަރުން ވޯޓްދެއްވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުޅްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރަން ނިންމި ނިންމުން ބަދަލުކޮށް، ޕީޕީއެމް/ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކުރުމަށެވެ.

އެމްޑީއޭއިން އެމްޑީޕީއާއެކު ހަދާފައިވާ ކޯލިޝަން ރޫޅާލުމަށް އެ ޕާޓީން ނިންމަވާފައިވާކަމުގެ އަޑުތައް މީގެކުރިންވެސް ވަނީ ފެތުރިފައެވެ.



ކިޔުންތެރިންގެ ހިޔާލު