ޒާތީ ގޮތުން ދިމާކުރިއަސް ފަރުވާލެއް ނެތް ކަމަށާއި އެކަމުން ފަޟީހަތްވާނީ ޒާތީ ގޮތުން ދިމާކުރާ މީހުން ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
މުޢިއްޒު މިހެން ވިދާޅުވީ ފުވައްމުލަކު ސިޓީގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެެވެ. މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ އެމަނިކުފާނާއި ޒާތީ ގޮތުން ބަޔަކު ދިމާކޮށް ދޮގު ވާހަކަތަކެއް ފަތުރަމުންދަނީ ސިޔާސީ ގޮތުން ދޭނެ ރައްދެއް ނެތުމުން ކަމަށެވެެ. އަދި އެގޮތަށް ވާހަކަތައް ފަތުރަމުންދަނީ ސަރުކާރުން ރައްޔިތުންނަށް ހުށައަޅާ ކަންކަން ބަލައިނުގަތުމުން ދައްކާނެ އިތުރު ވާހަކައެއް ނެތުމުން ކަމަށް މުޢިއްޒު ވިދާޅުވިއެވެ.
މުޢިއްޒު ވިދާޅުވީ އެމަނިކުފާނަށް ރަނގަޅީ ވެސް ގިނަ ގިނައިން ޒާތީގޮތުން ދިމާކުރި ވަރެއް ކަމަށާއި އެހެން ނަމަވެސް ފަޟީހަތްވާނީ ޒާތީ ގޮތުން ދިމާކުރާ މީހުން ކަމަށެެވެ. މުޢިއްޒު ވިދާޅުވީ އެއްވެސް މީހަކަށް ދުވަހަކުވެސް އެމަނިކުފާނު އަނިޔާވެރިވެފައިނުވާ ކަމަށާއި ކޮންމެ ރެއަކު ވެސް އަވަހާރަފުޅު ލައްޕަވަނީ އެއްވެސް މީހެއްގެ ހައްގަކަށް އަރައިނުގަންނަ ކަމުގެ ޔަގީން ކަމާއެކު ކަމަށެވެެ.
"އަޅުގަނޑު ކަންބޮޑުވާން ޖެހޭ ކަމެއް ނޯއްނާނެ، ޖަވާބުނުދެވޭ އެއް ކަމެއް ވެސް ނޯންނާނެ. އަޅުގަނޑަކީ ދުވަހަކު ވެސް ގާނޫނާއި ގަވާއިދާއި ހިލާފަށް އެއްވެސް ކަމެއް ކުރި މީހެއް ނޫން، ނުވެސް ކުރާނަން، ދުވަހަކު ވެސް ނުކުރާނެ،" މާލޭ ސިޓީގެ މޭޔަރުކަން ވެސް ކުރައްވާ މުޢިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އެމަނިކުފާނަށް ތުހުމަތުކުރެވޭ ކަމެއް އޮތްނަމަ ކަމާ ގުޅުން ހުރި މުވައްސަސާތަކަށް ހުށައަޅައިގެން ބެލުމަށް އެދިވަޑައިގަންނަވާ ކަމަށެވެެ. އެހެން ނަމަވެސް އެމައްސަލަތައް ބަލަންވާނީ ސިޔާސީ ނުފޫޒެއް ނެތި ކަމަށް މުޢިއްޒު ވިދާޅުވިއެވެ.
"މައްސަލަ އެއް އޮތިއްޔާ ރަސްމީ އިދާރާތަކުން ބައްލަވަންވީ، މައްސަލައެއް ނޯންނާނެ، ބައްލަވާ ބޭފުޅުންނަށް އަޅުގަނޑު ދަންނަވާނީ އެކަމެއް ބަލަންވާނީ ސިޔާސީ ނުފޫޒުން އެއްކިބާވެގެން އަދުލްވެރިގޮތުގައި އިންސާފުވެރިކަމާއެކު މިނިވަންކޮށް ބައްލަވާށޭ. ބެއްލެއްވީމަ އަޅުގަނޑަށް މާ ހިތްހަމަޖެހުން ލިބޭނެ އޭރުން އެ ހަދާ ދޮގުތައް މާރީތިކޮށް ފަޟީހަތްވާނެ." މުޢިއްޒު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު