ކުރީގެ ހާރިޖީ ވަޒީރު ދުންޔާ މައުމޫން ޕީޕީއެމަށް ސޮއިކުރަށްވައިފިއެވެ.
ދުންޔާއަކީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ދަރިކަނބަލެއްގެ އިތުރުން، ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ބޮޑުބޭބޭ ވިދާޅުވާ ބޭފުޅެކެވެ.
ދުންޔާ ޕީޕީއެމަށް ސޮއިކުރަށްވާފައިވަނީ މިއަދު ބޭއްވި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން ހަރަކާތެއްގެ ތެރެއިންނެނެވެ.
ޕީޕީއެމްއާ އަލުން ގުޅިވަޑައިގެންނެވުމަށްފަހު އެކަމަނާގެ ފޯމް ހަވާލުކުރަށްވަފައިވަނީ ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއާއެވެ.
ދުންޔާ މިހާތަނަށް ހުންނެވީ ކުރީގެ ޑިފެންސް މިނސްޓަރ މުހައްމަދު ނާޒިމް އުފެއްދެވި އެމްްއެންޕީގެ ނައިބު ލީޑަރަކަށެވެ. އޭގެކުރިން އެކަމަނާ އުޅުއްވީ ޕީޕީއެމްގައެވެ. އެކަމަނާ ޕީޕީއެމްއިން ވަކިވެވަޑައިގެންނެވީ އޭރު ސިޔާސީ މަސްރަހުގައި އުފެދުނު ކަންތައްތަކެއްގެ ތެރެއިންނެވެ.

@dunyamaumoon ❤️🇲🇻🩷#Vote4Muizzu#DrMuizzuSembe2023#DhiveheengeRaajje#FreePresidentYameen #DrMuizzuBoduthanun pic.twitter.com/V9TIMrdYch
— Abdulla Xifan Zahid (@xdiffyx) September 25, 2023
ޕީޕީއެމްއާ އަލުން ގުޅިވަޑައިގެންނެވުމަށްފަހު އެކަމަނާގެ ފޯމް ހަވާލުކުރަށްވަފައިވަނީ ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއާއެވެ.
ދުންޔާ މިހާތަނަށް ހުންނެވީ ކުރީގެ ޑިފެންސް މިނސްޓަރ މުހައްމަދު ނާޒިމް އުފެއްދެވި އެމްްއެންޕީގެ ނައިބު ލީޑަރަކަށެވެ. އޭގެކުރިން އެކަމަނާ އުޅުއްވީ ޕީޕީއެމްގައެވެ. އެކަމަނާ ޕީޕީއެމްއިން ވަކިވެވަޑައިގެންނެވީ އޭރު ސިޔާސީ މަސްރަހުގައި އުފެދުނު ކަންތައްތަކެއްގެ ތެރެއިންނެވެ.
ކިޔުންތެރިންގެ ހިޔާލު