މިދިޔަ މަހު މާލޭގައި 171 ކައިވެނި ރަޖިސްޓްރީކޮށްފައިވާއިރު، 132 ވަރީގެ މައްސަލަ ހުށަހަޅާފައިވާ ކަމަށް ފެމިލީ ކޯޓުން ބުނެފިއެވެ.
ފެމިލީ ކޯޓުން ޢާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި އޮގަސްޓް މަހު އެ ކޯޓަށް ހުށަހެޅި ވަރީގެ މައްސަލަތަކާއި ފާއިތުވީ މަހު ނުނިމި ހުރި ވަރީގެ މައްސަލަތަކާއެކު މިދިޔަ މަހު ވަރިއާ ގުޅޭ ޖުމްލަ 188 މައްސަލައިގެ މަސައްކަތް ފެމިލީ ކޯޓުން ނިންމާފައިވެއެވެ.
ވަރިއާ ގުޅުންހުރި މައްސަލަތަކުގެ ތެރެއިން ފެމިލީ ކޯޓުން މިދިޔަ މަހު އެންމެ ގިނައިން ނިންމާފައިވަނީ ވަރިވުމަށް އެދިފައިވާ މައްސަލަތަކެވެ. އެއީ ވަރިވުމަށް އެދި ހުށަހެޅި 90 މައްސަލައެވެ.
އޮގަސްޓް މަހުގައި ވަރިކުރުމަށް އެދި ހުށަހެޅި 39 މައްސަލަ ނިންމާފައިވާއިރު ވަރި ސާބިތުކުރުމަށް އެދި ހުށަހެޅި 58 މައްސަލައަކާއި ވަރިއާއި މެދު ޝައްކުވެގެން ހުށަހެޅި އެއް މައްސަލަ ކޯޓުން ނިންމާފައިވާ ކަމަށް ފެމިލީ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
ރާއްޖެއަކީ މިވަގުތު ދުނިޔޭގައި އޮތް އެންމެ ވަރިގިނަ ގައުމެވެ.

ކިޔުންތެރިންގެ ހިޔާލު