ވެރިކަން ލިބިވަޑައިގެންފިނަމަ ދައުރު ނިމޭއިރު ރާއްޖޭގެ ބޮލަކަށްޖެހޭ ޢާމްދަނީ 17000 އެމެރިކާ ޑޮލަރަށް ޖެއްސެވުމަކީ އަމާޒެއްކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޑރ. މުޢިއްޒު މިކަން ހާމަކުރެއްވީ އެމަނިކުފާނުގެ އިޤްތިޞާދީ މެނިފެސްޓޯގައެވެ. މިހާރު ވަނީ އިޤްތިޞާދީ މެނިފެސްޓޯ އެކުގައި ޢިއުލާންކޮށްފައެވެ. މުޅި އިޤްތިޞާދީ މެނިފެސްޓޯ ޢިއުލާންކުރީ މީރުމާގައި ބޭއްވި ރަސްމިއްޔާތުގައެވެ. މިރަސްމިއްޔާތުގައިވަނީ އިޤްތިޞާދީ މެނިފެސްޓޯގައި ހުރި ކަންކަމާމެދު ޢާންމުން ކުރި ސުވާލުތަކަށް ޖަވާބުދެއްވުމުގެ ސެޝަނެއްވެސް ބާއްވާފައެވެ.
ޑރ. މުޢިއްޒު ވިދާޅުވީ މިވަގުތު ރާއްޖެއަށް އެންމެ ބޭނުންވަނީ ހަރުދަނާ އިޤްތިޞާދީ ސިޔާސަތުތަކެއް ތަންފީޒުކުރާނެ ސަރުކާރެއްކަމަށެވެ. އެއީ އިޤްތިޞާދީ ގޮތުން ޤައުމު އާރާސްތުކުރުމަކީ މިވަގުތުގެ ޙާލަތަށް ބަލާއިރު ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
އެގޮތުން މުޢިއްޒުގެ ވެރިކަމެއްގައި އިޤްތިޞާދީ ސިޔާސަތުތަކުގެ ތެރޭގައި ބަޖެޓުގެ ދަރަނި ކުޑަކުރެއްވުމާއި، ޑޮލަރުގެ އަގު 18 ރުފިޔާއަށްވުރެ ކުޑަކޮށް ހިފެހެއްޓުމާއި ފައިސާގެ އަގު ދަށްވިޔަ ނުދެއްވުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު