އިއްޔެގެ ވަގުތެއްގައި ލޯންޗެއްގައި ދަތުރުކޮށް، ހުއްދަނެތި އުތުރު ތިލަފަޅަށް ދިޔަ ނޫސްވެރިންގެ މައްސަލަ ފުލުހަށް ހުށަހަޅައިފި ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
"އުތުރު ތިލަފަޅުގައި އޮންނަ އެމްއެންޑީއެފްގެ ސިފަވަރު ބަނދަރަށް ހުއްދަ ހޯދުމެއްނެތި ވަދެ ވީޑިއޯކޮށް، ވީޑިއޯ އާންމުކޮށްފައިވާތީއާއި އެރަށުގައި ހުރި އެމްއެންޑީއެފްގެ ސާޖެންޓް ފަސްޓް ކްލާސްގެ އަމުރަށް ނުކިޔަމަންތެރިވެ އެރަށަށް އަރަން އުޅުނު މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅިފައިވާކަން މައުލޫމާތަށްޓަކައި ދަންނަވަން." އެމްއެންޑީއެފުން ބުނެފައި ވެއެވެ.
އެމްއެންޑީއެފުން މިހެން ބުނީ ރާއްޖޭގެ މީޑިއާގެ ބަޔަކު އުތުރު ތިލަފަޅަށް ހުއްދަނެތި އަރަން މަސައްކަތް ކުރުމުން އެކަން ހުއްޓުވުމާއި ގުޅިގެން ޢާންމުވި ވީޑިއޯއަކާއި ގުޅިގެންނެެވެ.
އެމްއެންޑީއެފުން ބުނެފައިވާ ގޮތުގައި އުސޫލުން ބޭރުން އުތުރު ތިލަފަޅަށް އަރަން މަސައްކަތް ކުރުމަކީ ގަވާއިދާއި ޚިލާފަށް ސިފައިންގެ ވާޖިބާއި މަސްޢޫލިއްޔަތުތަކަށް ހުރަސް އެޅުމަށް ހިންގާފައިވާ އަމަލެއް ކަމަށެވެެ. އަދި އެމްއެންޑީއެފުން ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
އެމްއެންޑީއެފުން ބުނީ އެތަނުގެ މަރުކަޒުތަކަކީ ސިފައިންގެ ހުއްދަ ނެތި ވަނުން މަނާ ތަންތަން ކަމަށާއި އެފަދަ ތަނަކަށް ވަނުމަށް މަސައްކަތް ކުރުމުން އެކަން ހުއްޓުވުމަކީ ސިފައިންގެ ޤާނޫނާއި ޤަވާއިދުތަކުން ސިފައިންގެ މައްޗަށް ލާޒިމްކަމެެއް ކަމަށެވެ. އެ މީހުން ހުއްޓުވަން މަސައްކަތް ކުރީ އެ ރަށުގައި ހަރަކާތްތެރިވާ އެމްއެންޑީއެފްގެ ސަރޖެންޓް ފަރސްޓް ކްލާސްގެ ބޭފުޅެއް ކަމަށް އެމްއެންޑީއެފުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި އަސްކަރީ މަރުކަޒުތަކަށް ހުއްދަނެތި ވަނުމަކީ އެހެން ގައުމުތަކުގައި ވެސް ސީރިއަސް މައްސަލަ އެއް ކަމަށެެވެ. ހުއްދަނެތި އެފަދަ އަމަލެއް ހިންގުމުން އެ މައްސަލަ ބަލަން އެދިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެެ. އަދި އެއްވެސް ފަރާތަކުން އެފަދަ ޒިންމާދާރުކަން ކުޑަ އަމަލުތައް ނުކުރުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.
އުތުރު ތިލަފަޅުގައި އެމްއެންޑީއެފްގެ ބޭނުމަށް ތަރައްޤީ ކުރާ ސަރަހައްދު ފިޔަވާ ބާކީ ސަރަހައްދު ރެސިޑެންޝަލް އޭރިއާއެއްގެ ގޮތުގައި ކަނޑައެޅުއްވިކަން ސަރުކާރުން ވަނީ އިއުލާންކޮށްފައެވެ.
އާދިއްތަ ދުވަހު ނޫސްވެރިންގެ ބަޔަކު އެ ތަނަށް އަރަން މަސައްކަތް ކުރީ އެތަނުގައި ހުރި ގޯތި ބެލުމަށް ކަމަށް ބުނެއެވެ. އެތަނަށް އެ ނޫސްވެރިން ދިޔައީ އުތުރުތިޅަފަޅުން ގޯތި ދޭނެ ކަމަށް ރައީސް ވިދާޅުވުމާއި ގުޅިގެން ކަމަށް ބުނެއެވެެ.
ދާދިފަހުން ސަރުކާރުން ނޫސްވެރިންތަކެއް އުތުރުތިޅަފަޅަށް ގެންގޮސް އެތަން ދައްކާލާފައި ވެސް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު