ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ރިޔާސީ މެނިފެސްޓޯގައި ހިމަނާފައި ނެތްނަމަވެސް މިސަރުކާރުން ރޭސިން ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރެވުނުކަމަށް ކުޅިވަރާއިބެހޭ ވަޒީރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރޭސިން ކުރިއަރުވަން މިސަރުކާރުން ނިންމި އެންމެ މުހިއްމު އެއް ނިންމުމަކީ ފާއިތުވި 4 ވެރިކަމުގައިވެސް ހަމަޖައްސައި ނުދެވުނު ބިން ހަމަޖެއްސުން ކަމަށެވެ.
މަހްލޫފް ވިދާޅުވީ މިބިން ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ، ރައީސް އޮފީސް، އާބަންކޯ، އެންވައިރަމްނަޓް މިނިސްޓްރީ އަދި ސްޓެލްކޯ އާއިއެކު އެކިފަހަރުމަތިން ގިނަ ބައްދަލުވުންތަކެއް ބޭއްވުނުކަމަށް މަހްލޫފް ވިދާޅުވިއެވެ.
އޭގެ އިތުރުން ޤައުމީ ކުޅިވަރު އެސޯސިއޭޝަންގެ ވަގުތީ ހައިސިއްޔަތު ރޭސިންގ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސްއަށް ދެވިފައިވާ ކަމަށްވެސް މަހްލޫފް ވިދާޅުވިއެވެ.
މަހްލޫފް ވިދާޅުވީ އެ މަސައްކަތް މި ހިސާބަށް ގެނެވުނީ ރައީސް ސާލިހު ެެއެކަމަށް ދެއްވި އަހައްމިއްތުގެ ބޮޑުކަމުންކަމަށެވެ.
"ހާއްސަކޮށް މިކުޅިވަރުގެ މުހިއްމުކަން ދެކެވަޑައިގެން މާސިންގާ ބޮޑު ބިމެއް ދެއްވިކަމީ އެންމެބޮޑު ހައްލު" މަހްލޫފް ވިދާޅުވިއެވެ.
މަހްލޫފް ވިދާޅުވީ ސަރުކާރުން ހަމަޖެއްސި ބިމުގައި ރޭސިންގ ޓްރެކް ތަރައްގީކޮށްދޭނީ މިސަރުކާރުން ކަމަށެވެ. އަދި އެކަމުގެ ސަބަބުން މަގުމަތީގައި ބާރު ސްޕީޑުގައި ދުއްވާ ފަރާތްތައް މަދުވެ، އެކްސިޑެންޓުތައް ހިނގުން މަދުވާނެކަމަށްވެސް ބެލެވޭކަމަށް މަހްލޫފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު