ސްޓޫޑެންޓް ލޯނުގެ ފައިސާ ފީ ޝީޓްގައި ސޮއިކުރާތާ ފަސް ދުވަހުގެ ތެރޭގައި ލިބޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށް ހަޔަ އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
ހަޔަ އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ލޯނަށް ހޮވޭ ދަރިވަރުންނަށް ފައިސާ ދޫކުރެވޭނީ ދަރިވަރުން ފައިސާ ދޫކުރުމަށް އެދޭ ފޯމް ފުރިހަމަކޮށް ފޯމާއެކު ހުށައަޅަން ޖެހޭ ލިޔެކިޔުންތައް ހަމަވުމުން ކަމަށެވެ. އަދި ލިޔެކިޔުންތައް ހަމަވުމުން ލޯނުގެ ފީ ޝީޓް ތައްޔާރުކޮށް ދަރިވަރުން ސޮއިކުރުމުން ލޯނު ދޫކުރުމަށް ވެވޭ އެގްރީމަންޓްގައި ސޮއިކޮށް ފައިސާ ދޫކުރާނެ ކަމަށް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ދަރިވަރަކީ ލޯނަށް ހޮވިފައިވާ ފަރާތެއްކަން އަންގައިދޭ ތަފްސީލީ ސްޕޮންސާޝިޕް ލިޔުމެއް ކިޔަވަން އެދޭ ޔުނިވާސިޓީ/ކޮލެޖަށް ހުށައަޅަން ބޭނުންވާނަމަ ސްޕޮންސާޝިޕް ލިޔުން ވެސް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން ބުނީ ލޯނުގެ ފައިސާއަށް އެދި ދަރިވަރުން ފޯމު ހުށަހަޅާއިރު ލިޔެކިޔުންތައް ފުރިހަމަ ނުވުމުގެ ސަބަބުން ފައިސާ ދޫކުރުމުގެ ކަންކަން ހަމަޖެއްސުމުގައި އިތުރު ވަގުތުތަކެއް ހޭދަވެ، ފައިސާ ދޫކުރުމުގައި ލަސްތަކެއް ދިމާވެގެންދާ ކަމަށެވެ.
އަދި ދަރިވަރުން ލިޔެކިޔުންތައް ހުށަހަޅާއިރު، ލިޔެކިޔުންތައް ފުރިހަމަކުރުމަށް އިތުރު ސަމާލުކަމެއް ދިނުމަށް އެދޭ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
ސަރުކާރުން ބުނީ 1275 ދަރިވަރަކަށް ސްޓޫޑެންޓް ލޯނު ދޫކުރަން ނިންމައިފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު