އުތުރުތިލަފަޅާއި ގުޅޭގޮތުން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަތަކަށް ބްރިގޭޑިއަރ ޖެނެރަލް ރިޓަޔާޑް އިބްރާހިމް ދީދީ ރައްދު ދެއްވައިފިއެވެ.
ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރޭ ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވަނީ އުތުރުތިލަފަޅަކީ މިހާރު ރާއްޖޭގެ ސިފައިންގެ ބާރު ހިނގާ ތަނެއްނޫން ކަމަށް ވިދާޅުވެފައެވެ.
މާފަންނުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މުއިއްޒު ވިދާޅުވީ އެމްއެންޑީއެފުން އިންކާރު ކުރިނަމަވެސް އުތުރުތިލަފަޅަކީ މިހާރު ސިފައިންގެ ބާރު ހިނގާ ތަނެއްނޫން ކަމަށެވެ.
"އުތުރުތިލަފަޅަކީ މިހާރު ސިފައިންގެ ބާރު ހިނގާ ތަނެއްނޫން. ސިފައިންނަށް ވެސް އެތަނަށް ދެވެނީ ބަޔެއްގެ ހުއްދަ ހޯދައިގެން." މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން ސްޓެލްކޯގެ ޗެއަރމަން ބްރިގޭޑިއަރ ޖެނެރަލް ރިޓަޔާޑް އިބްރާހިމް ދީދީ ވަނީ ހަގީޤަތާއި ހިލާފު މައުލޫމާތުތައް ހާމަކޮށްގެން ރައްޔިތުންނަށް އޮޅުވާނުލުމަށް އެދިވަޑައިގެންފައެވެ،
ދީދީ ވިދާޅުވީ ކޮންޓްރެކްޓަރުންގެ ބެލުމުގެ ދަށުގައިިވާ ސައިޓްތަކަށް ވަދެވުމުގެ އުސޫލުތަކެއް އޮންނާނެކަމަށެވެ.
"ޑރ. މުއިއްޒު ރައްޔިތުންނަށް އިތުރުފުޅު ހައްދަވައި، އޮޅުވާލައްވައިގެން ނުވާނެ. ކޮންޓްރެކްޓަރަކަށް ޕްރޮޖެކްޓް ހަވާލުކުރުމުން އެ ސައިޓް ވާނީ ކޮންޓްރެކްޓަރ ބެލުމުގެ ދަށުގައިިވާ ތަނަކަށް، އެފަދަ ސައިޓްތަކަށް ވަދެވުމުގެ ހައްދެއް އޮންނާނެ" ދީދީ ވިދާޅުވިއެވެ.
އުތުރުތިލަފަޅުގައި ތަރައްޤީކުރާ އަސްކަރީ ބަނދަރާއި ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ކަންބޮޑޫވުން ފާޅުކުރިނަމަވެސް ސަރުކާރުން ވަނީ ރާއްޖެއަށް ގެއްލުންވާނެފަދަ އެއްވެސް ކަމެއް އެ މަސައްކަތުގައި ނޯންނާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު