ތ. އަތޮޅު ކަނޑޫދޫއާއި ވަންދޫގައި މިސްކިތް ޢިމާރާތްކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތެއްގައި މިސްކިތް އިމާރާތްކުރުމުގެ އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ.
ތ. ކަނޑޫދޫގައި އިމާރާތްކުރާ މިސްކިތް ޙަވާލުކޮށްފައިވަނީ މިމްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް، 11,258,581.29 (އެގާރަ މިލިއަން ދެލައްކަ ފަންސާސް އަށްހާސް ފައްސަތޭކަ އަށްޑިހަ އެއް ރުފިޔާ ނަވާވީސް ލާރި) އަށެވެ. އަދި ތ. ވަންދޫގައި އިމާރާތްކުރާ މިސްކިތުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ އެލް.އެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް، 9,778,268.92 (ނުވަ މިލިއަން ހަތްދިހަ ހަތްލައްކަ އަށްހާސް ދުއިސައްތަ ފަސްތޮޅަސް އަށް ރުފިޔާ ނުވަދިހަ ދެ ލާރި) އަށެވެ.
300 މީހުންގެ ޖާގައިގެ މި ދެ މިސްކިތަކީ ފިރިހެނުންނާއި އަންހެނުންނަށްވެސް ނަމާދުކުރެވޭ ގޮތަށް ބިނާ ކުރެވޭ މިސްކިތްތަކެކެވެ.
މި މިސްކިތްތައް އިމާރާތްކޮށް ނިންމުމަށް ހަމަޖެހިފައިވަނީ 365 ދުވަސްތެރޭގައެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއާއި، މިނިސްޓްރީގެ އިސްވެރިންނާއި، ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒްއާއި މިމްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި އެލް.އެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު