މާލޭގައި ދިރިއުޅޭތާ 20 އަހަރުވީ މީހުންނާއި ދަފްތަރުގައި ޖެހިފައިވާ މީހުންނަށް ދޫކުރުމަށް ނިންމާފައިވާ ގޯއްޗާއި ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ސަރުކާރުން މިރޭ ހުޅުވާލައިފި އެވެ.
ޕްލޭނިން މިނިސްޓްރީން ސަރުކާރުގެ ގެޒެޓްގައި މިރޭ ކުރި އިއުލާނެއްގައި ބުނެފައިވަނީ ގޯއްޗަށާއި ފުލެޓަށް އެދި ހުށަހެޅުމުގެ ޝަރުތު ހަމަވާ ފަރާތްތަކުން "ގެދޮރުވެރިން ޕޯޓަލް" މެދުވެރިކޮށް ގޯއްޗަށް ނުވަތަ ފްލެޓަށް އެދި، އޮކްޓޫބަރު 24، 2023 ގެ 15:00 ގެ ނިޔަލަށް ހުށަހެޅޭނެ ކަމަށެވެ.
"ބިންވެރިޔާ" ސްކީމުގެ ދެވަނަ ފިޔަވަހިން ގޯތި ދޫކުރަނީ ގިރާވަރު ފަޅާއި އުތުރުތިލަފަޅުންނެވެ. އަދި ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ މާލެ ސަރަހައްދުންނެވެ.
ޕްލޭނިން މިނިސްޓްރީގެ އިއުލާނުގައި ބުނިގޮތުގައި މި ސްކީމުގެ ދަށުން ގޯތި ދޫކުރަން ކަނޑައަޅައިފައިވާ ބިމުގެ ޖުމުލަ ބޮޑުމިނަކީ 5.53 މިލިއަން އަކަފޫޓެވެ. އެގޮތުން އެންމެ ކުޑަކޮށް ލިބޭނީ 1250 އަކަފޫޓުގެ ގޯތި ކަމަށާއި ހަތް މީހުންނަށް ވުރެ ގިނަ މީހުން ޖޮއިންޓް އެޕްލިކޭޝަނުގައި ބައިވެރިވާނަމަ، އެ އެޕްލިކޭޝަނަށް ލިބޭނީ، ޖުމުލަ 4،000 އަކަފޫޓް ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން ގޯއްޗަށް އެދެވޭނީ، އުމުރުން 18 އަހަރު ފުރިފައިވާ ދިވެހިންނަށާއި "ބިންވެރިޔާ" ސްކީމުން ނުވަތަ "ވެށިފަހި މާލެ ޕްރޮގްރާމް" ގެ ދަށުން ގޯއްޗެއް ލިބިފައި ނުވާ މީހުންނަށް ކަަމަށް ޕްލޭނިންގ މިނިސްޓްރީ އިން ބުންޏެެވެ. ގޯއްޗާއި ފުލެޓަށް ކުރިމަތިލުމުގެ އިތުރު ޝަރުތުތަކުގެ ތެރޭގައި މާލޭގައި ދިރިއުޅޭތާ މަދުވެގެން 20 އަހަރު ވެފައިވުމާއި ނުވަތަ އެއްވެސް އިރެއްގައި މާލެ ނޫން އެހެން ރަށެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ހިމެނިފައި ނުވުން ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ @ibusolih އިއުލާން ކުރެއްވި "ބިންވެރިޔާ" ސްކީމުގެ ދެވަނަ ފިޔަވަހިން ބަންޑާރަ ގޯތި ދޫކުރުމާއި، "ގެދޮރުވެރިޔާ" ސްކީމުގެ ދެވަނަ ފިޔަވަހިން ފުލެޓު ދޫކުރުން ހުޅުވާލެވިއްޖެ. https://t.co/VbUjV1ikL5
— Akram Kamaludeen (@Akramkdeen) September 23, 2023
ޕްލޭނިން މިނިސްޓްރީގެ އިއުލާނުގައި ބުނިގޮތުގައި މި ސްކީމުގެ ދަށުން ގޯތި ދޫކުރަން ކަނޑައަޅައިފައިވާ ބިމުގެ ޖުމުލަ ބޮޑުމިނަކީ 5.53 މިލިއަން އަކަފޫޓެވެ. އެގޮތުން އެންމެ ކުޑަކޮށް ލިބޭނީ 1250 އަކަފޫޓުގެ ގޯތި ކަމަށާއި ހަތް މީހުންނަށް ވުރެ ގިނަ މީހުން ޖޮއިންޓް އެޕްލިކޭޝަނުގައި ބައިވެރިވާނަމަ، އެ އެޕްލިކޭޝަނަށް ލިބޭނީ، ޖުމުލަ 4،000 އަކަފޫޓް ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން ގޯއްޗަށް އެދެވޭނީ، އުމުރުން 18 އަހަރު ފުރިފައިވާ ދިވެހިންނަށާއި "ބިންވެރިޔާ" ސްކީމުން ނުވަތަ "ވެށިފަހި މާލެ ޕްރޮގްރާމް" ގެ ދަށުން ގޯއްޗެއް ލިބިފައި ނުވާ މީހުންނަށް ކަަމަށް ޕްލޭނިންގ މިނިސްޓްރީ އިން ބުންޏެެވެ. ގޯއްޗާއި ފުލެޓަށް ކުރިމަތިލުމުގެ އިތުރު ޝަރުތުތަކުގެ ތެރޭގައި މާލޭގައި ދިރިއުޅޭތާ މަދުވެގެން 20 އަހަރު ވެފައިވުމާއި ނުވަތަ އެއްވެސް އިރެއްގައި މާލެ ނޫން އެހެން ރަށެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ހިމެނިފައި ނުވުން ހިމެނެއެވެ.
ކިޔުންތެރިންގެ ހިޔާލު