އުތުރު ތިލަފަޅަކީ ބޭރު ބަޔަކަށް ދޭނެ ތަނެއް ނޫންކަމަށާއި އެތަނުން ގޯތި ދިނުމަށްފަހު، އެތަނުގައި އުޅޭނީ ދިވެހިންކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިކަން ހާމަކުރެއްވީ އެމްޑިޕީގެ ސޯސަން ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ސާލިހު ވިދާޅުވީ ސަރުކާރުން ގޯއްޗާއި ފްލެޓް ދިނުމަށް އައު ސްކީމެއް މިރޭ އިއުލާން ކުރައްވާނެކަމަށެވެ. ރައީސް ވިދާޅުވީ އެއީ މާލޭގައި އުޅޭތާ ގިނަ ދުވަސްވެފައިވާ ރައްޔިތުންނަށްވެސް ބައިވެރިވެވޭގޮތަށް ހުޅުވާލާ ސްކީމެއް ކަމަށެވެ.
ރައީސް ސާލިހު ވިދާޅުވީ އެ ސްކީމްގެ ދަށުން ގޯތި ދިނުމަށް ހަމަޖެހިފައިވަނީ އުތުރު ތިލަފަޅުންކަމަށެވެ.
" އެ ގޯތިތައް ދިނުމަށް ހަމަޖެހިފައިވާ ބެރު ބަޔަކަށް ދީފައިވާކަމަށް އިދިކޮޅުން ތުހުމަތުކުރަމުންދާ އުތުރު ތިލަފަޅުން. އެތަނުގައި އުޅޭނީ ދިވެހިން" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ ސްކީމްގެ ދަށުން ގޯއްޗަށް ހުޅުވާލާއިރު އެއްވެސް ތަފާތު ކުރުމެއް ނެތި މާލޭގެ ރައްޔިތުންނާއި މާލޭގައި އުޅޭތާ ގިނަ ދުވަސްވެފައިވާ ހުރިހާ ރައްޔިތުންނަށް ލިބޭނެކަމަށެވެ.
ސަރުކާރުން ވިދާޅުވާ ގޮތުން މިފަހަރު އިއުލާންކުރާ ސްކީމްގެ ދަށުން 4000 ގޯއްޗާއި 6000 ފްލެޓަށް ހުޅުވާލާނެކަމަށެވެ.
އިތުރު ތަފްސީލް އަންނަނީ...

ކިޔުންތެރިންގެ ހިޔާލު