އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް، ޑރ. މުހައްމަދު މުޢިއްޒުއަށް ވޯޓްލާން ނުޖެހެނީ އަނިޔާވެރިކަން އަލުން އިޢާދަކުރަން މަސައްކަތްކުރައްވާތީކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
މާރިޔާ މިހެން ވިދާޅުޥީ ޑރ. މުހައްމަދު މުޢިއްޒަކީ މާލެ ބޭފުޅަކަށް ނުވާތީ އޭނާއަށް ވޯޓު ނުލުމަށް މާރިޔާ ވިދާޅުވިކަމަށް ބުނެ ފެތުރި ހަބަރެއް ދޮގުކުރައްވަމުންނެވެ.
ރާއްޖޭގެ މީޑިއާއަކުން މިއަދު ފެތުރި ހަބަރެއްގައި ބުނީ ކެމްޕެއިންގެ ތެރެއިން ގޭގެއަށް ވަޑައިގެން ޑރ. މުއިއްޒަކީ މާލޭ މީހެއް ނޫން ކަމަށާއި، މާލެ މީހުން ޑރ. މުއިއްޒުއަށް ވޯޓްނުލުމަށް މިނިސްޓަރ މާރިޔާ ވިދާޅުވަމުންދާކަމަށެވެ.
އެކަމާއި ގުޅިގެން މާރިޔާ ވިދާޅުވީ ފަތުރަމުންދަނީ ދޮގު ވާހަކަތަކެއްކަމަށާއި އެފަދަ އެއްވެސް ވާހަކައެއް އޭނާ ދައްކަވާފައިނުވާނޭކަމަށެވެ.
"ދޮގު! ޅ ހިންނަވަރު ނޫރާނީއާގޭ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ކެމްޕޭނުގެ މާލެ ދާއިރާގެ ފަޚުރުވެރި ކޯޑިނޭޓަރަކީ އަޅުގަނޑު. މުޢިއްޒުއަށް ވޯޓު ނުދޭންވީ އެއީ އަނިޔާވެރި ވެރިކަމެއްގެ އެންމެ އިސް ފަންތީގައި، އެކަމުގެ މޭސްތިރިއަކަށް ހުރެ، އަލުން އެކަން އިޢާދަކުރަން އުޅޭތީ." މާރިޔާ ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ ޑރ. މުޢިއްޒުއަށް ވޯޓު ނުދޭންވީ މާލޭ މީޙަކަށް ނުވާތީކީ ނޫންކަމަށާއި، އޭނާއަށް ވޯޓް ނުދޭންވީ އަނިޔާވެރި ވެރިކަމެއްގެ އެންމެ އިސް ފަންތީގައި އެކަމުގެ މޭސްތިރިއަކަށް މުއިއްޒު ހުންނެވުމުންކަމަށެވެ. އަދި މުޢިއްޒު އުޅުއްވަނީ އެ އަނިޔާވެރިކަން އަލުން އިޢާދަކުރަންކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު