އެމްޑީޕީގެ ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން އުފެއްދެވި ދަ ޑިމޮކްރެޓްސް ޕާޓީގެ އެތެރޭގެ އިންތިހާބުގައި އެޕާޓީގެ ރައީސްކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަމްރު ވާދަކުރައްވާނެކަން ހާމަކުރަށްވައިފިއެވެ.
ދަ ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިހާބު އޮންނާނީ ޑިސެމްބަރުމަހުގެ ދެވަނަ ދުވަހުކަމަށް އެ ޕާޓީން މިއަދު ވަނީ އިއުލާންކޮށްފައެވެ. މިގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވި ޑިމޮކްރެޓްސްގެ 8 ވަނަ ވަގުތީ ކައުންސިލު ބައްދަލުވުމުގައެވެ. ނަމަވެސް އިންތިހާބު ބާއްވަނީ ކޮން މަޤާމުތަކަކަށް ބޭފުޅުން އައްޔަންކުރަން ކަމެއް އަދި ނޭނގެއެވެ.
މިދިޔަ ރިޔާސީ އިންތިހާބުގައި އެ ޕާޓީން ނެރުނު ކެންޑިޑޭޓު އިލްޔާސް ލަބީބުގެ ރަނިން މޭޓު އަދި އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންތިޚާބު އިއުލާން ކުރުމުން ޕާޓީގެ ރައީސްކަމަށް ކުރިމަތިލައްވާނެ ކަމަށެވެ. އަދި އެކަމުގައި އެންމެހާ ޑިމޮކްރެޓުންގެ އެއްބާރުލުމާއި ތާއީދަށް އަމްރު ވަނީ އެދިވަޑައިގެންފައެވެ.
އެމްޑީޕީގެ ތެރެއިން ވަކިވި ބަޔަކު އުފެއްދި ޑިމޮކްރެޓްސް ޕާޓީއަކީ ރާއްޖޭގައި މިވަގުތު 3 ވަނަ އަށް އެންެމެ ބޮޑު ތާއީދެއް އޮތް ސިޔާސީ ހަރާކަތެވެ. ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ކެންޑިޑޭޓަށް 3 ވަނައަށް ލިބިވަޑައިގެންފައިވާއިރު، 15 ހާހަށްވުރެ ގިނަ ވޯޓް އެ ޕާޓީން ހޯދިއެވެ.
3 ވަނަ އަށް އެންެމެ ބޮޑު ތާއީދެއް އޮތް ސިޔާސީ ޕާޓީގެ އިތުރުން، އެ ޕާޓީއަކީ މަޖިލީހުގެ މައިނޯރިޓީ ޕާޓީވެސްމެއެވެ.

ދަ ޑިމޮކްރެޓްސް ގެ އިންޓަރިމް ކައުންސިލުން މިއަދު ވަނީ ޕާޓީގެ އެތެރޭގެ އިންތިޚާބު 2 ޑިސެމްބަރުގަ ބާއްވަން ނިންމާފަ.
— Amr 🎈 (@HusenAmr) September 23, 2023
އިންތިޚާބު އިއުލާން ކުރުމުން ޕާޓީގެ ރައީސް ކަމަށް ކުރިމަތިލާން އަޅުގަޑު ނިންމައިފިން.
މިކަމުގަ އެންމެހާ ޑިމޮކްރެޓުންގެ އެއްބާރުލުމާ ތާއީދު ދެއްވުން އެދި ދަންނަވަން
އެމްޑީޕީގެ ތެރެއިން ވަކިވި ބަޔަކު އުފެއްދި ޑިމޮކްރެޓްސް ޕާޓީއަކީ ރާއްޖޭގައި މިވަގުތު 3 ވަނަ އަށް އެންެމެ ބޮޑު ތާއީދެއް އޮތް ސިޔާސީ ހަރާކަތެވެ. ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ކެންޑިޑޭޓަށް 3 ވަނައަށް ލިބިވަޑައިގެންފައިވާއިރު، 15 ހާހަށްވުރެ ގިނަ ވޯޓް އެ ޕާޓީން ހޯދިއެވެ.
3 ވަނަ އަށް އެންެމެ ބޮޑު ތާއީދެއް އޮތް ސިޔާސީ ޕާޓީގެ އިތުރުން، އެ ޕާޓީއަކީ މަޖިލީހުގެ މައިނޯރިޓީ ޕާޓީވެސްމެއެވެ.
ކިޔުންތެރިންގެ ހިޔާލު