މީގެކުރިން އޮތް ޕީޕީއެމް ސަރުކާރުގައި ރައްޔިތުން ތިބީ ނާމާންކަމާއި ބިރުވެރިކަމުގައި ކަމަށާއި، އެފަދަ ދުވަސްތަކެއް އަނެއްކާވެސް ދެކެން ދިވެހިން ބޭނުންނުވާނެކަމަށް، ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ދަރިކަނބަލުން، ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން މިފަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ސާލިހަށް ތާއީދުކުރެއްވުމަށް ނިންމަވައި، އެމަނިކުފާނުގެ ކެމްޕެއިންގައި ގެންދަވަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ.
މޯލްޑިވްސް ރީފޯމް މޫވްމަންޓް، އެމްއާރުއެމްގެ މ،ެމްބަރެއްކަމަށްވާ ޔުމްނާ މައުމޫން ވިދާޅުވީ މީގެކުރިން ޕީޕީއެމްގެ ސަރުކާރުގައި ފެނިގެންދިޔައީ ނާމާން އަނދިރި ދުވަސްތަކެއްކަމަށެވެ.
ޔުމްނާ ވިދާޅުވީ ޕީޕީއެމް ސަރުކާރުގައި ގިނަ ބަޔަކު އުޅެމުން ދިޔައީ ބިރުވެރިކަމެއްގެ ތެރޭގައިކަމަށެވެ. އޭރު އިސްލާހަށް މަސައްކަތްކުރެއްވި ބޭފުޅުން އިންސާފު ހޯއްދަވަން ނިކުންނަން ޖެހުނުކަން ފާހަގަކުރައްވަމުން ޔުމްނާ ވަނީ އެފަދަ ދުވަސްތަކެއް އެނބުރި އައުމަށް ފުރުޞަތު ނުދެއްވުމަށް އިލްތިމާސް ކުރަށްވާފައެވެ.
ރައީސް ސާލިހަށް ދެވަނަ ދައުރެއް ދެއްވަންޖެހޭކަން ފާހަގަކުރައްވަމުން ޔުމްނާ ވަނީ މީގެކުރިންވެސް ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ސަރުކާރު ބަދަލުވެއްޖެނަމަ ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ގެނެސްފައިވާ މިންތީގެ ހަމަހަމަކަމުގެ ކުރިއެރުންތައް ގެއްލި އެދާއިރާ ފަހަތަށް ސޮއްސާލާނެނެކަމަށް އެކަމަނާ ވިދާޅުވިއެވެ. އެހެންކަމުން އެހެން ވިޔަ ނުދީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ދެވަނަ ދައުރަކަށް އިންތިޚާބުކޮށްދިނުމަށް ޔުމްނާ ވަނީ ރައްޔިތުންނަށް ގޮވާލައްވާފައެވެ.
ޔުމްނާ ވިދާޅުވީ ރާއްޖެއަށް ބޭނުންވާ އިޖުތިމާޢީ އަދި އިޤްތިސާދީ ތަރައްޤީ، ތަފާތުކުރުމެއް ނެތި، ގެނެވިދާނެކަން ރައީސް ސާލިހު ސާބިތުކޮށްދެއްވާފައި ވާކަމަށެވެ. އަދި ކޮވިޑް ޕެންޑެމިކް ފަދަ ބޮޑު ޢާލަމީ ކާރިސާއެއްގައި އެ މަނިކުފާނު ވަނީ ލީޑަރޝިޕް ދައްކަވައި އަމާން ބަނދަރަކަށް ރާއްޖެ ގެންގޮސްދެއްވާފައި ކަމަށްވެސް ޔުމްނާ ވަނީ ފާހަގަކުރައްވާފައެވެ.

ޕީޕީއެމްގެ ސަރުކާރުގައި އައީ ނާމާން އަނދިރިދުވަސްތަކެއް.ގިނަ ބަޔަކު އުޅެމުން ދިޔައީ ބިރުވެރިކަމުގެ ތެރޭގައި. އަޅުގަނޑުމެން އޭރު އިންސާފަށް ތެދުވިން. އެ ފަދަ ދުވަސްތަކެއް އެނބުރި އައުމަށް ފުރުޞަތު ނުދެމާ.#IbuOk ✅3️⃣#AniyaaveriPPM pic.twitter.com/DpCobNyHPG
— Yumna Maumoon 🇲🇻 🤝🇵🇸 (@yumna_maumoon) September 23, 2023
ރައީސް ސާލިހަށް ދެވަނަ ދައުރެއް ދެއްވަންޖެހޭކަން ފާހަގަކުރައްވަމުން ޔުމްނާ ވަނީ މީގެކުރިންވެސް ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ސަރުކާރު ބަދަލުވެއްޖެނަމަ ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ގެނެސްފައިވާ މިންތީގެ ހަމަހަމަކަމުގެ ކުރިއެރުންތައް ގެއްލި އެދާއިރާ ފަހަތަށް ސޮއްސާލާނެނެކަމަށް އެކަމަނާ ވިދާޅުވިއެވެ. އެހެންކަމުން އެހެން ވިޔަ ނުދީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ދެވަނަ ދައުރަކަށް އިންތިޚާބުކޮށްދިނުމަށް ޔުމްނާ ވަނީ ރައްޔިތުންނަށް ގޮވާލައްވާފައެވެ.
ޔުމްނާ ވިދާޅުވީ ރާއްޖެއަށް ބޭނުންވާ އިޖުތިމާޢީ އަދި އިޤްތިސާދީ ތަރައްޤީ، ތަފާތުކުރުމެއް ނެތި، ގެނެވިދާނެކަން ރައީސް ސާލިހު ސާބިތުކޮށްދެއްވާފައި ވާކަމަށެވެ. އަދި ކޮވިޑް ޕެންޑެމިކް ފަދަ ބޮޑު ޢާލަމީ ކާރިސާއެއްގައި އެ މަނިކުފާނު ވަނީ ލީޑަރޝިޕް ދައްކަވައި އަމާން ބަނދަރަކަށް ރާއްޖެ ގެންގޮސްދެއްވާފައި ކަމަށްވެސް ޔުމްނާ ވަނީ ފާހަގަކުރައްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު