ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރުމާއި ގުޅޭ ފެންނަ ނުފެންނަ ވޯޓު މި އަހަރުގެ އޮކްޓޫބަރ 29 ގައި ނަގަން މަސައްކަތްކުރަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގް ވިދާޅުވެއްޖެއެވެ.
އީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފުއާދު ވިދާޅުވީ މަޖިލީހުން ހުށައެޅި ގަރާރުގައި އޮކްޓޫބަރު 30ގެ ކުރިން ނިޒާމީ ވޯޓެއް ނަގަން ބަޔާންކޮށްފައިވާތީ އެކަމާއި ގުޅިގެން އެކޮމިޝަންގެ މެންބަރުންގެ މެދުގައި މަޝްވަރާކޮށްފައިވަނީ އޮކްޓޫބަރު 29ގައި ވޯޓު ނެގުމަށް ކަމުގައި ފުއާދު ވިދާޅުވިއެވެ.
އަދި ހަމައެއާއިއެކު، އިންތިޚާބީ މަސައްކަތްތަކަށް ބޭނުންވާ ބަޖެޓް ލިބުމާއިއެކު، އެކަމުގެ މަސައްކަތްތައް ވީހާވެސް އަވަހަށް ފަށާނެ ކަމަށް ފުއާދު ވިދާޅުވިއެވެ. ކޮމިޝަނަށް ބަޖެޓްގެ ދަތިކަން ދިމާވެފައިވާ ހިނދު، ބަޖެޓްގެ ދަތިކަން ހައްލުކުރުމަށް ކަމާއި ގުޅުންހުރި އިދާރާތަކާއި ވާހަކަދައްކަމުންދާ ކަމަށް ފުވާދު ވިދާޅުވިއެވެ.
އީސީން މީގެ ކުރީގައިވެސް ބުނެފައިވާ ގޮތުންނަމަ އެފަދަ އިންތިޚާބެއް ބާއްވަންޏާ 40 މިލިއަން ރުފިޔާ ހަރަދު ކުރަން ޖެހޭނެއެވެ. އަދި އިންތިޚާބު ބޭއްވުމަށް 30 ނުވަތަ 40 ދުވަހުގެ މަސައްކަތް ކުރިއަށް ގެންދަން ޖެހޭނެ ކަމަށާއި ނިޒާމީ ވޯޓަކީ ކޮބައިކަން ރައްޔިތުންނަށް އޮޅުންފިލުވާ ދޭން ޖެހޭނެކަމަށްވެސް ބުނެފައި ވެއެވެ.
މީގެ އިތުރުންވެސް، ގަރާރާއި ގުޅިގެން ސުވާލު އުފެދޭ ކަންތައްތަކުގެ ޤާނޫނީ ލަފާ ހޯދަމުންދާކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ. އަދި ނިޒާމީ ވޯޓެއް ނެގުމާއި ގުޅޭ ޤާނޫނެއް ނެތުމުން، ޤަވާއިދެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވެސް ފުއާދު ވިދާޅުވިއެވެ.
"އިއްޔެ އަޅުގަނޑުމެން މަސައްކަތް ކުރީ ނިޒާމީ ވޯޓެއް ނަގާ ކަމަށްވަންޏާ އެ ފޮލޯ ކުރަން، ތަބާވާން ޖެހޭ ގާނޫނެއް ނެތީމަ ގަވާއިދެއް ހަދާ އެއާ ބެހޭ ގޮތުން މަޝްވަރާކުރުމުގައި." ފުއާދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު