ނޫސްވެރިކަމުގެ ނަމުގައި އިންޑިއާއި ގުޅުވައިގެން ފޭކް ޚަބަރުތައް ފަތުރާ މައްސަލަ ކުށްވެރިކޮށް އެމައްސަލަ ބަލައިދިނުމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ގޮވާލައިފިއެވެ.
އިންޑިއާ ހައި ކޮމިޝަނުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ވަނީ އެ ކޮމިޝަނާއި ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާ ރައްޔިތުންނާއި ބެހޭގޮތުން "ދޮގު ވާޙަކަތައް" ފަތުރަމުންދާ ކަން ކޮމިޝަންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް ބުނެފައެވެ. އަދި އެއީ އިންޑިއާއަށް ބިރުދައްކާ ފުރައްސާރަކުރުމުގެ ނިޔަތުގައި ކުރާ ކަމެއްގެ ގޮތުގައި އިންޑިއާ ހައި ކޮމިޝަނުން ސިފަކޮށްފައި ވެއެވެ.
ރާއްޖޭގައި ތިއްބަވާ އިންޑިއާގެ ޑިޕްލޮމެޓުންނާއި ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަންގެ މުވައްޒަފުންނާއި ރާއްޖޭގައި އުޅޭ އެގައުމަށް ނިސްބަތްވާ މީހުންނާ ގުޅުވައިގެން ނަފްރަތާއި ރުޅިވެރިކަން އުފެއްދުމަށް ރާވައިގެން ފަތުރަމުންދާ ދޮގު ޚަބަރުތައް ފަތުރާ ކަމަށްވެސް ބުނެފައި ވެއެވެ.
އިންޑިއާގެ "ނެއިބާހުޑް ފަސްޓް ޕޮލިސީ"ގެ ދަށުން ރާއްޖޭގެ ރައްޔިތުންނަށް ޚާއްސަ މަގާމަކާއި ރަހުމަތްތެރިކަމާއި މަދަދުވެރިކަން ފޯރުކޮށްދެމުން ދާކަން ފާހަގަކޮށް އިންޑިއާ ހައި ކޮމިޝަނުން ވަނީ އެ ގައުމުން ރާއްޖޭގެ އިގްތިޞާދީ ކުރިއެރުމުގައި ބޮޑު ހިއްސާއެއް އަދާކުރާކަން ފާހަގަކޮށްފައެވެ. އެގޮތުން، އިންޑިއާގެ މަސައްކަތްތެރިންނާއި ފަތުރުވެރިންނަށް ރާއްޖެއިން އަބަދުވެސް ރަނގަޅަށް ކަމޭހިތަމުން ދާކަންވެސް ފާހަގަކޮށްފައި ވެއެވެ.
އެހެން ނަމަވެސް، ވަކި މަޤްޞަދެއްގައި "މީޑިއާ ވަސީލަތްތަކުން" ފަތުރަމުންދާ ފޭކް ރިޕޯޓްތައް ހަރުކަށި އިބާރާތުން ކުށްވެރިކުރަން ޖެހިފައިވާ ކަމަށް މި ނޫސްބަޔާނުގައިވެއެވެ. އަދި އިންޑިއާ ހައި ކޮމިޝަނުން ވަނީ ދައުރުވަމުންދާ މިފަދަ ފޭކް ޚަބަރުތައް ތަހުގީގުކުރުމަށް ކަމާއި ގުޅުންހުރި މުއައްސަސާތަކަށް ގޮވާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު