ރާއްޖޭގެ ވެރިކަމުގެ ނިޒާމު އޮންނަން ފެންނަނީ ރިޔާސީ ނިޒާމަކަށްތޯ ނުވަތަ ބަރުލަމާނީ ނިޒާމަކަށްތޯ ބެލުމަށް ވޯޓެއް ނެގުމާ ގުޅޭގޮތުން ކުރެވޭ ބަޙުސްގެ ތެރެއަށް މިވަގުތު ވެދެވަޑައިގަންނަވަން ބޭނުންފުޅު ނުވާކަމަށާ، ހުރިހާ އަމާޒެއް ހުރީ ރިޔާސީ އިންތިޚާބުގެ ދެވަނަބުރުގެ ކެމްޕެއިނަށްކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދެވަނަބުރުގެ ކެމްޕެއިންގައި މިހާރު ޑރ.މުޢިއްޒު ގެންދަވަނީ އަތޮޅުތަކުގެ ރަށްރަށް ދަތުރުކުރައްވަމުންނެވެ. އެގޮތުން މިބުރުގެ ކެމްޕެއިންގައި މިހާތަނަށް 50އަށްވުރެ ގިނަ ރަށަށް ވަޑައިގެންފިއެވެ.
ނ، ރ، ބ، ޅ، އަދި ކުޅުދުއްފުށީ ސިޓީއަށް ކުރެއްވި ދަތުރުފުޅަށްފަހު ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ޑރ. މުޢިއްޒު ވިދާޅުވީ ނިޒާމީ ވޯޓުގެ ބަޙުސްގެތެރެއަށް މިވަގުތު ވެދެވަޑައިގަންނަވަން ބޭނުންފުޅު ނުވާކަމަށެވެ. މިވަގުތު ހުރިހާ އަމާޒެއްވެސް ހުރީ ދެވަނަބުރުގެ ކެމްޕެއިނަށްކަމަށެވެ. މިބުރުގައި މިކުރެއްވި ދަތުރުފުޅުތަކުންވެސް ފެނިވަޑައިގަތީ މިސަރުކާރާމެދު ރައްޔިތުން މާޔޫސްވެފައިވާ މަންޒަރުކަމަށާ، ޕީޕީއެމް/ ޕީއެންސީގެ ވެރިކަމަކާމެދު ރައްޔިތުންގެ ވަރަށްބޮޑު އުންމީދެއް އެބައޮތްކަމަށް މުއިއްޒު ވިދާޅުވިއެވެ.
ފުރަތަމަ ބުރުގައި އެމަނިކުފާނަށް މެޖޯރިޓީ ވޯޓު ލިބިވަޑައި ނުގަތް ދާއިރާތަކުން މިފަހަރު ކުރީފަހަރަށްވުރެ އިތުރު ވޯޓު ލިބިވަޑައިގަންނަނަވާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށްވެސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއްތޯ ނުވަތަ ބަރުލާމާނީ ނިޒާމެއްތޯ ބެލުމަށް، ރައްޔިތުންގެ ޚިޔާލު ހޯދުމަށް ޢާންމު ވޯޓެއް މިއަންނަ މަހުގެ 30 ގެ ކުރިން ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ޤަރާރެއް ހުށަހަޅައި އެޤަރާރު ވަނީ ފާސްކޮށްފައެވެ. ޤަރާރު ހުށަހެޅީ ދަ ޑިމޮކްރެޓްސްގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ. އޭނާއަކީ މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރެއްވި ރިޔާސީ ކެންޑިޑޭޓުވެސްމެއެވެ.
މި ޤަރާރު ފާސްވީ މަޖިލީހުގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 37 މެންބަރުންގެ ތެރެއިން 35 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
މި ޤަރާރު މިހާރުވަނީ ރައްޔިތުންގެ މަޖިލީހުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައެވެ. މިކަމާމެދު، އެ ކޮމިޝަނުން ޢަމަލު ކުރާނޭގޮތުގެ ޤާނޫނީ ލަފާ މިހާރު ހޯދަމުންދާކަމަށްވެސް ކޮމިޝަނުން ބުނެއެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ބޭނުންފުޅުވެގެން އެކަމަށް އެންމެބޮޑަށް ވަކާލާތުކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދެވެ. އެހެންނަމަވެސް ރާއްޖޭގެ އެހެން ގިނަ ސިޔާސީ ޕާޓީތަކާއި ސިޔާސީ ލީޑަރުން ތާޢީދުކުރައްވަނީ ރިޔާސީ ނިޒާމަށެވެ.

ކިޔުންތެރިންގެ ހިޔާލު