ސަރުކާރުގެ އަމާޒަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ހިމެނޭ ގޮތަށް ފައިދާހުރި ޖީލެއް ބިނާކުރުންކަމަށް ޖެންޑަރ މިނިސްްޓަރ އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ޖެންޑަރ މިނިސްްޓަރ އައިޝަތު މުހައްމަދު ދީދީ މިހެން ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސަރުކާރުން ދެމުން އަންނަ އެލަވަންސް ބޮޑުކުރުމަށް ރައީސުލްޖުމްހުރިއްޔާ ނިންމަވާފައިވާ ދަނޑިވަޅެއްގައެވެ.
ސަރުކާރުގެ އަމާޒަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ހިމެނޭ ގޮތަށް ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދީ، ޤައުމަށް ފައިދާހުރި ޚިދުމަތްތަކެއް ކޮށްދެވޭނެ ބަޔަކު ބިނާކުރުންކަމަށެވެ. އަދި އެ ކަން ކާމިޔާބުކަމާ އެކު ދަނީ ކުރިއަށްކަމަށް މިނިސްްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ އެލަވަންސް މުރާޖަޢާ ކުރީ މި ސަރުކާރުންކަމަށެވެ. އަދި ގިންތިކޮށް އެލަވަންސް ވާނީ ބޮޑުކޮށްފައިކަމަށާއި އެންމެ މަދުވެގެން ވެސް 3,000ރ. ލިބޭނެކަމަށެވެ.
މިނިސްޓަރ ވިދާޅުވީ މިހާރުވެސް 11,300 އަށްވުރެ ގިނަ މީހުންނަށް ކޮންމެ މަހަކު އެލަވަންސް ދަނީ ޖަމާވަމުންކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރުތައް މާލޭގެ އިތުރުން އައްޑޫ އަދި ކުޅުދުއްފުށި ސިޓީގައިވެސް ޤާއިމުކުރީ މި ސަރުކާރުންކަމަށެވެ.
"އެއް ފުރާޅެއްގެ ދަށުން ގިނަ ޚިދުމަތްތަކެއް ލިބުމުން 18 އަހަރުން ދަށުގެ ކުދިންނާއި އެ ކުދިންގެ ޢާއިލާތަކަށް ބޮޑު ތަސައްލީއެއް ހޯދައިދެވިއްޖެ." މިނިސްްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ޑިސްއެބިލިޓީ މެނޭޖްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުން 18 އަހަރުން މަތީގެ ކުދިންނަށް މެޑިކަލް އަދި ތެރަޕިޔުޓިކް ޚިދުމަތްތައްވެސް މި ސަރުކާރުން ފޯރުކޮށްދޭން ފަށާފައިވާކަމަށެވެ. އަދި ތެރަޕިޔުޓިކް ފަރުވާގެ ޚަރަދު ހަމަޖައްސައިދީ، ޚިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރަންވެސް ދަނީ މަސައްކަތް ކުރަމުންކަން މިނިސްްޓަރ ފާހަގަކުރެއްވިއެވެ.
ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ޓްރޭނިންގ ހިންގައި، އެ ކުދިންގެ ހުނަރުތައް ތަރައްޤީކޮށްދީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކުޅިވަރުގެ ފުރުޞަތުތައް ފަހިކޮށްދީ، ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އުފައްދައި އެ ކުދިންނަށް ކާމީޔާބީ ހޯދުމުގެ މަގު ކޮށައިދިނީ މި ސަރުކާރުން" މިނިސްްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ހުރިހާ ކުދިން ޝާމިލް ކޮށްގެން ތަޢުލީމް ފޯރުކޮށްދިނުމުގެ ސިޔާސަތު މުރާޖަޢާކޮށް ސްޓްރެޓެޖިކް ޕްލޭންވެސް މިސަރުކާރުން އެކުލަވާލާފައިވާކަމަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދީ، މާނަވީ ގޮތެއްގައި ޚިދުމަތްކުރުމުގެ ފުރުޞަތުވެސް ހޯދައިދެމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހުރިހާ ކުދިން ޝާމިލް ކޮށްގެން ތަޢުލީމް ފޯރުކޮށްދިނުމުގެ ސިޔާސަތު މުރާޖަޢާކޮށް ސްޓްރެޓެޖިކް ޕްލޭން އެކުލަވާލީ ވެސް މި ސަރުކާރުން. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދީ، މާނަވީ ގޮތެއްގައި ޚިދުމަތްކުރުމުގެ ފުރުޞަތު މިދަނީ ހޯދައިދެމުން pic.twitter.com/tUas3tEdBY
— Aishah Didi (@aishamdidi) September 22, 2023
މިނިސްޓަރ ވިދާޅުވީ ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރުތައް މާލޭގެ އިތުރުން އައްޑޫ އަދި ކުޅުދުއްފުށި ސިޓީގައިވެސް ޤާއިމުކުރީ މި ސަރުކާރުންކަމަށެވެ.
"އެއް ފުރާޅެއްގެ ދަށުން ގިނަ ޚިދުމަތްތަކެއް ލިބުމުން 18 އަހަރުން ދަށުގެ ކުދިންނާއި އެ ކުދިންގެ ޢާއިލާތަކަށް ބޮޑު ތަސައްލީއެއް ހޯދައިދެވިއްޖެ." މިނިސްްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ޑިސްއެބިލިޓީ މެނޭޖްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުން 18 އަހަރުން މަތީގެ ކުދިންނަށް މެޑިކަލް އަދި ތެރަޕިޔުޓިކް ޚިދުމަތްތައްވެސް މި ސަރުކާރުން ފޯރުކޮށްދޭން ފަށާފައިވާކަމަށެވެ. އަދި ތެރަޕިޔުޓިކް ފަރުވާގެ ޚަރަދު ހަމަޖައްސައިދީ، ޚިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރަންވެސް ދަނީ މަސައްކަތް ކުރަމުންކަން މިނިސްްޓަރ ފާހަގަކުރެއްވިއެވެ.
ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ޓްރޭނިންގ ހިންގައި، އެ ކުދިންގެ ހުނަރުތައް ތަރައްޤީކޮށްދީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކުޅިވަރުގެ ފުރުޞަތުތައް ފަހިކޮށްދީ، ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އުފައްދައި އެ ކުދިންނަށް ކާމީޔާބީ ހޯދުމުގެ މަގު ކޮށައިދިނީ މި ސަރުކާރުން" މިނިސްްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ހުރިހާ ކުދިން ޝާމިލް ކޮށްގެން ތަޢުލީމް ފޯރުކޮށްދިނުމުގެ ސިޔާސަތު މުރާޖަޢާކޮށް ސްޓްރެޓެޖިކް ޕްލޭންވެސް މިސަރުކާރުން އެކުލަވާލާފައިވާކަމަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދީ، މާނަވީ ގޮތެއްގައި ޚިދުމަތްކުރުމުގެ ފުރުޞަތުވެސް ހޯދައިދެމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު