ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ތާއީދު ހޯއްދެވުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ކުރިއަށްގެންދާ ޑޯޓުޑޯ ހަރަކާތް ވިލިމާލޭގައި މިއަދު ކުރިއަށް ގެންގޮސްފިއެވެ.
މިއަދު މެންދުރުފަހު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ސާލިހު މިއަދު ވިލިމާލެއަށް ވަޑައިގަތީ އާއްމުންވެސް ބޭނުންކުރާ ފެރީގައެވެ.
ވިލިމާލޭގައި ކުރިއަށްގެންދިޔަ ހަރަކާތުގައި ރައީސް ސާލިހު އަރިހުގައި ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީއާއި އެމްޑީޕީ ކޯލިޝަންގައި ހިމެނޭ އެމްޑީއޭއާއި އަދާލަތު ޕާޓީގެ އިސް ބޭފުޅުންވެސް ބައިވެރިވިއެވެ.
މި ހަރަކާތުގެ ތެރެއިން ރައީސް ސާލިހު ވަނީ އެމަނިކުފާނުގެ ސަޕޯޓަރުންނާއި ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން ވިލިމާލެގައި އުޅޭ ރައްޔިތުންނާއި ބައްދަލުކުރައްވާ އެ ރައްޔިތުން ބޭނުންވާ ކަންކަމާއި ގުޅޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ.
އެމްޑީޕީން ބުނީ ދެވަނަ ބުރުގެ ވޯޓްލުން ފެށުމާއި ދޭތެރޭ އޮތް މުއްދަތުގައި ވީހާވެސް ގިނައިން މާލޭގައި ބާއްވާ ޑޯޓުޑޯ ހަރަކާތްތަކުގައި ރައީސް ބައިވެރިވެވަޑައިގެންނަވާނެކަމަށެވެ.
ޑޯޓުޑޯ ހަރަކާތުގެ އިތުރުން މާލޭގައި ކޮންމެ ރެއަކުވެސް އަންނަނީ ކަންމަތި ޖަލްސާ ބާއްވަމުންނެވެ.

WatchLive
— Addu -X- Files (@adduXfiles) September 22, 2023
Raees Ibu Villimale dhorun dhorah. Raees Ibu akee rayyithunge adu assavaa oagaatheri veri eh.#IbuOk #UfaaveriAmaanRaajje
3️⃣✅☝️🗳️ pic.twitter.com/Wy40Ksi56t
މި ހަރަކާތުގެ ތެރެއިން ރައީސް ސާލިހު ވަނީ އެމަނިކުފާނުގެ ސަޕޯޓަރުންނާއި ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން ވިލިމާލެގައި އުޅޭ ރައްޔިތުންނާއި ބައްދަލުކުރައްވާ އެ ރައްޔިތުން ބޭނުންވާ ކަންކަމާއި ގުޅޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ.
އެމްޑީޕީން ބުނީ ދެވަނަ ބުރުގެ ވޯޓްލުން ފެށުމާއި ދޭތެރޭ އޮތް މުއްދަތުގައި ވީހާވެސް ގިނައިން މާލޭގައި ބާއްވާ ޑޯޓުޑޯ ހަރަކާތްތަކުގައި ރައީސް ބައިވެރިވެވަޑައިގެންނަވާނެކަމަށެވެ.
ޑޯޓުޑޯ ހަރަކާތުގެ އިތުރުން މާލޭގައި ކޮންމެ ރެއަކުވެސް އަންނަނީ ކަންމަތި ޖަލްސާ ބާއްވަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު