އައްޑޫ ސިޓީ މީދޫ ކޯގަންނު ގަބުރުސްތާނަށް ބަޔަކު މިއަދު ގެެއްލުންދީފިއެވެެ.

"ރަސްއޮންލައިން" އަށް މައުލޫމާތު ދެއްވަމުން އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު މިއަދު ވިދާޅުވީ މީދޫ ކޯގަންނު ގަބުރުސްތާނަށް ބަޔަކު ގެއްލުންދީފައިވަނީ މިއަދުގެ ހުކުރު ވަގުތުގައި ކަމަށެވެ. އެމައްސަލަ މިހާރު ފުލުހުންނަށް ހުށައަޅާފައިވާ ކަމަށް މޭޔަރު ވިދާޅުވިއެވެ.

މޭޔަރު ނިޒާރު ވިދާޅުވީ ގަބުރުސްތާނަށް ގެއްލުންދިނީ ކޮންބަޔެެއް ކަމަށް އެނގިވަޑައިނުގަންނަވާ ކަމަށާއި ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން މިހާރު ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ކޯގަންނު ގަބުރުސްތާނަކީ ރާއްޖެ އިސްލާމް ވުމުގެ ކުރިންވެސް މީހުން ވަޅުލާ އުޅުނު ތާރީޚާއި ތަރިކައިގެ އެތައް ކަމެއް ގުޅިފައިވާ މުއްސަނދި ތާރީޙެއް އޮތްތަނެކެވެ. އެއީ ރާއްޖޭގައި އޮތް އެންމެ ގިނަ ދުވަސްވީ އެންމެ ބޮޑު އެއް ގަބުރުސްތާނެެވެ.



ކިޔުންތެރިންގެ ހިޔާލު