ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ރިޔާސީ ވައުދުތައް ކޮޕީ ކުރެއްވިއަސް އެ ވައުދުތައް ޑރ. މުއިއްޒަށް ފުއްދައިނުދެވޭނެ ކަމަށް އަދާލަތު ޕާޓީގެ ނާއިބު ރައީސް އިއާދު ހަމީދު ވިދާޅުވެއްޖެއެވެ.

ހުވަދޫ ޖަގަހައިގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި އިއާދު ވިދާޅުވީ ޑރ. މުޙައްމަދު މުއިއްޒުގެ މެނިފެސްޓޯގައި އޮރިޖިނަލް އުފެއްދުންތެރި އެއްވެސް ޚިޔާލެއް ނެތް ކަމަށާއި އެމަނިކުފާނު ކުރަށްވާ ކަމަކީ ރައީސްގެ ވައުދުތައް ކޮޕީ ކުރެއްވުން ކަމަށެވެ. އަދި ރައީސްގެ ވައުދުތައް މުޢިއްޒު ކޮޕީ ކުރެއްވި ނަމަވެސް އެ ވައުދުތައް ފުއްދައިނުދެވޭނެ ކަމަށް އިއާދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މާޒީއަށް ބަލާއިރު، ޑރ. މުއިއްޒު ރައްޔިތުންނަށް ވެވަޑައިގަންނަވާ ވައުދުފުޅުތަކަކީ ފުއްދަވާނެ ވައުދުފުޅުތަކެއް ނޫން ކަމަށެެވެ.

މީގެ އިތުރުން އިއާދު ވިދާޅުވީ ވެރިކަން ބަދަލުވެއްޖެނަމަ ރައީސް ކުރިއަށްގެންދަވާ ތަރައްޤީގެ މަޝްރޫއުތައް މުޢިއްޒު ހުއްޓާލާނެ ކަމަށެވެ. އެގޮތުން ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުގެންދާނެ ކަމަށް އިއާދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު