ވެރިކަމަށް ވަޑައިގަންނަވަނަނީ އަނިޔާވެރިކަން ނިންމަންކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވާއިރު، މުޢިއްޒު ކެމްޕެއިން ކުރައްވަމުން އަންނަނީ ރާއްޖެ ދުށް އެންމެ އަނިޔާވެރި ވެރިމީހާގެ ފޮޓޯފުޅުގެ ހިޔަނީގައިކަމަށް ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.
ޑރ. މުޢިއްޒަށާއި އިދިކޮޅު ފަރާތްތަކަށް އެންމެބޮޑަށް ފާޑުވިދާޅުވެ ރައީސް ޞާލިޙު ޕްރޮމޯޓުކުރައްވަން އެންމެބޮޑަށް މަސައްކަތްކުރައްވާ އެއް ބޭފުޅާ، ޑރ. އިޔާޒް ވިދާޅުވީ ޑރ. މުޢިއްޒުގެ އިޚްލާސްތެރިކަމެއް ހުރިނަމަ އަނިޔާވެރިންނާ ދުރުހެލިވާނެކަމަށެވެ. އަނިޔާވެރިކަން ނިންމުމަށް ކަމަށްބުނެ ވެރިކަމަށް ވަޑައިގަންނަވަން ތިޔަ މަސައްކަތް ކުރައްވަނީ ދިވެހިރާއްޖެ ދުށް އެންމެ ކޮރަޕްޓު, އެންމެ އަނިޔާވެރި ވެރިޔާގެ ފޮޓޯފުޅުގެ ހިޔަނީގައި ހުންނަވައިގެން ނުންތޯއޭ ވިދާޅުވެ ޑރ. އިޔާޒްވަނީ ޑރ. މުޢިއްޒާ ސުވާލުކުރައްވާފައެވެ. ޑރ.މުޢިއްޒު ދިވެހި ރައްޔިތުންނަށް ހެޔޮއެދިވަޑައިގަންނަވާނަމަ, އަނިޔާވެރިންނާއި ޚާއިނުންގެ ކިބައިން ދުރުހެލިވުމަށް ޑރ. އިޔާޒް ގޮވާލެއްވިއެވެ.
ޑރ. އިޔާޒް މިމޭރުމުން ޑރ. މުޢިއްޒަށް ފާޑުވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ބ. ކަމަދޫގައި ޑރ. މުޢިއްޒު ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ. އަނިޔާވެރިކަމާ އިދިކޮޅު ޕީޕީއެމް/ޕީއެންސީއާ ގުޅުވައިގެން ސަރުކާރަށް ތާޢިދުކުރާ ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތަކަށް ޑރ. މުޢިއްޒުވަނީ ރައްދު ދެއްވާފައެވެ. އެގޮތުން އޭނާގެ ވެރިކަމެއްގައި އާންމުންނަށް ވަރަށް ބޮޑަށް އަނިޔާވެރިވާނެ ކަމަށް އެމްޑީޕީން ބުނަމުން ދާތީ އެކަމަށް ރައްދުދެއްވައި ޑރ. މުޢިއްޒު ވިދާޅުވެފައިވަނީ ހަގީގަތުގައި އަނިޔާވެރިވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ސަރުކާރުގައި ކަމަށެވެ.
އެގޮތުން އިދިކޮޅު ސިޔާސީ ޙަރަކާތްތައް ހިންގުމަށް މިސަރުކާރުން ހުރަސްއަޅައި އަނިޔާވެރިވާކަމަށާ، ވަޒީފާތަކުގައި ތިބި މުއްޒަފުންނަށް ވަޒީފާގެ ބިރުދައްކާކަމަށް ޑރ. މުޢިއްޒު ތުހުމަތުކުރެއްވިއެވެ. އަދި އިދިކޮޅު ސިޔާސީ މީހަކާ ސަލާމް ކޮށްލިޔަސް މިސަރުކާރުން އެމީހަކު ވަޒީފާއިން ވަކިކޮށް އެކިކަހަލަ އިންޒާރު ދޭކަމަށް ޑރ. މުޢިއްޒު ތުހުމަތުކުރެއްވިއެވެ.
ޑރ. މުޢިއްޒު މިހެން ވިދާޅުވިޔަސް އިދިކޮޅު ޕީޕީއެމްގެ ވެރިކަމުގައި އިދިކޮޅު ހުރިހާ ސިޔާސީ ލިޑަރުން ޖަލަށްލުމާއި ސަރުކާރާ ދެކޮޅަށް މަސައްކަތްކުރި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހައްޔަރުކޮށް އެކިކަހަލަ ތުހުމަތުތަކުގައި ބަންދުކޮށް ޖަލަށްލުމާއި އެމީހުންނާ ގުޅުންހުރި ފަރާތްތަކާއި ޢާއިލީ މީހުން ބަންދުކުރިކުރުމަކީ އެއްވެސް އަސްލެއްނެތި އޭރުގެ ސަރުކާރުން ކުރި އަނިޔާގެގޮތުގައި މިއަދުވެސް އެމީހުން އަންނަނީ ބުނަމުންނެނެވެ. އަދި އެކަމުގެ ފާޑުކިޔުންތައް ޕީޕީއެމް/ ޕީއެންސީއާއި ޑރ.މުޢިއްޒަށް ވަނީ އަމާޒުވެފައެވެ. އޭރު ޑރ.މުޢިއްޒަކީ އެސަރުކަރުގެ ވަޒީރެކެވެ.

އަނިޔާވެރިކަން ނިންމުމަށް ކަމަށްބުނެ ވެރިކަމަށް ވަޑައިގަންނަވަން ތިޔަ މަސައްކަތް ކުރައްވަނީ ދިވެހިރާއްޖެ ދުށް އެންމެ ކޮރަޕްޓު, އެންމެ އަނިޔާވެރި ވެރިޔާގެ ފޮޓޯފުޅުގެ ހިޔަނީގައި ހުންނަވައިގެން ނުންތޯ? @MMuizzu . ދިވެހި ރައްޔިތުންނަށް ހެޔޮއެދިވަޑައިގަންނަވާނަމަ, އަނިޔާވެރިންނާއި… https://t.co/2ASFChtZeF
— Dr.Mohamed Iyaz (@dr_iyaz) September 22, 2023
ޑރ. އިޔާޒް މިމޭރުމުން ޑރ. މުޢިއްޒަށް ފާޑުވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ބ. ކަމަދޫގައި ޑރ. މުޢިއްޒު ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ. އަނިޔާވެރިކަމާ އިދިކޮޅު ޕީޕީއެމް/ޕީއެންސީއާ ގުޅުވައިގެން ސަރުކާރަށް ތާޢިދުކުރާ ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތަކަށް ޑރ. މުޢިއްޒުވަނީ ރައްދު ދެއްވާފައެވެ. އެގޮތުން އޭނާގެ ވެރިކަމެއްގައި އާންމުންނަށް ވަރަށް ބޮޑަށް އަނިޔާވެރިވާނެ ކަމަށް އެމްޑީޕީން ބުނަމުން ދާތީ އެކަމަށް ރައްދުދެއްވައި ޑރ. މުޢިއްޒު ވިދާޅުވެފައިވަނީ ހަގީގަތުގައި އަނިޔާވެރިވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ސަރުކާރުގައި ކަމަށެވެ.
އެގޮތުން އިދިކޮޅު ސިޔާސީ ޙަރަކާތްތައް ހިންގުމަށް މިސަރުކާރުން ހުރަސްއަޅައި އަނިޔާވެރިވާކަމަށާ، ވަޒީފާތަކުގައި ތިބި މުއްޒަފުންނަށް ވަޒީފާގެ ބިރުދައްކާކަމަށް ޑރ. މުޢިއްޒު ތުހުމަތުކުރެއްވިއެވެ. އަދި އިދިކޮޅު ސިޔާސީ މީހަކާ ސަލާމް ކޮށްލިޔަސް މިސަރުކާރުން އެމީހަކު ވަޒީފާއިން ވަކިކޮށް އެކިކަހަލަ އިންޒާރު ދޭކަމަށް ޑރ. މުޢިއްޒު ތުހުމަތުކުރެއްވިއެވެ.
ޑރ. މުޢިއްޒު މިހެން ވިދާޅުވިޔަސް އިދިކޮޅު ޕީޕީއެމްގެ ވެރިކަމުގައި އިދިކޮޅު ހުރިހާ ސިޔާސީ ލިޑަރުން ޖަލަށްލުމާއި ސަރުކާރާ ދެކޮޅަށް މަސައްކަތްކުރި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހައްޔަރުކޮށް އެކިކަހަލަ ތުހުމަތުތަކުގައި ބަންދުކޮށް ޖަލަށްލުމާއި އެމީހުންނާ ގުޅުންހުރި ފަރާތްތަކާއި ޢާއިލީ މީހުން ބަންދުކުރިކުރުމަކީ އެއްވެސް އަސްލެއްނެތި އޭރުގެ ސަރުކާރުން ކުރި އަނިޔާގެގޮތުގައި މިއަދުވެސް އެމީހުން އަންނަނީ ބުނަމުންނެނެވެ. އަދި އެކަމުގެ ފާޑުކިޔުންތައް ޕީޕީއެމް/ ޕީއެންސީއާއި ޑރ.މުޢިއްޒަށް ވަނީ އަމާޒުވެފައެވެ. އޭރު ޑރ.މުޢިއްޒަކީ އެސަރުކަރުގެ ވަޒީރެކެވެ.
ކިޔުންތެރިންގެ ހިޔާލު