އެސްއެމްއީ ޑިވެލޮޕްމެންޓު ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީން ދޫކުރި "ކޮވިޑު ވިޔަފާރި އެހީ"ގެ ލޯނުތަކުގެ އިންޓަރެސްޓު ކަނޑާލުމަށް ސަރުކާރުން ނިންމައިފިއެވެ.
ކޮވިޑު ވިޔަފާރި އެހީގެ ލޯނުތަކުގެ އިންޓަރެސްޓު ކަނޑާލުމަށް ސަރުކާރުން ނިންމެވިކަން ސަރުކާރުނުް އިއުލާންކުރީ މާލޭގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުއެވެ.
ރައީސް ސާލިހު ވިދާޅުވީ ކެމްޕެއިނަށް ގޭގެއަށް ކުރެެއްްވި ޒިޔާރަތުގައި ކޯވިޑްގެ ދުވަސްވަރު އެސްޑީއެފްސީ މެދުވެރިކޮށް ދިން ލޯނުތަކުގެ އިންޓަރެސްޓް ކަނޑައިލުމަށް ގިނަ ބަޔަކު އެދުނުކަމަށެވެ. މީގެއިތުރުން ލޯނު ދެއްކުމަށް އޮންނަ މުއްދަތުވެސް އިތުރުކޮށްދިނުމަށް ގިނަ ބަޔަކު އެދުނުކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ލޯނުތަކުގެ އިންޓަރެސްޓް ކަނޑައިލުމުގެ އިތުރުން، ލޯނު އަނބުރާ ދައްކަންޖެހޭ މުއްދަތު 10 އަހަރަށް ހަދާފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"އެސްޑީއެފުން ނަގާފައި ހުރި ލޯނުތަކުގެ އިންޓަރެސްޓް ތިޔަ ބޭފުޅުން ދެން ދައްކަވާކަށް ނުޖެހޭނެ، އަދި މިހައިތަށް އިންޓަރެސްޓް ދައްކާފައި ތިބި މީހުނަށް އެ ފައިސާ އަޅުގަނޑުމެން ދޭނަން،" ރައީސް ވިދާޅުވިއެވެ.
ކޮވިޑުގެ ދުވަސްވަރު އެސްއެމްއީ ޑިވެލޮޕްމެންޓު ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީން ދޫކުރި "ކޮވިޑު ވިޔަފާރި އެހީގެ ދަށުން 373 މިލިއަން ރުފިޔާ ލޯނުގެ ދޫކޮށްފައިވެއެވެ.
އެ ލޯނުތައް ދޫކޮށްފައި ވަނީ ހަ ޕަސެންޓު އިންޓަރެސްޓު ރޭޓުގައި ފަސް އަހަރުން ދައްކާ ގޮތަށެވެ. ނަމަވެސް ރައީސް ސާލިހު މިހާރު މިވަނީ އިންޓަރެސްޓް ކަނޑައިލުމުގެ އިތުރުން، ލޯނު އަނބުރާ ދައްކަންޖެހޭ މުއްދަތު 10 އަހަރަށް އިތުރުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު