ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސްޕެޝަލް އެންވޯއީ، އިލްހާމު އަހްމަދު މިރޭ އެމްޑީޕީއާއި ގުޅިވަޑައިގެންފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ ކުރީގެ މެމްބަރުކަން ވެސް ކުރެއްވި އިލްހާމް އަޙްމަދު އެމްޑީޕީއަށް ސޮއިކުރީ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދު ހޯދަން މިރޭ ހުވަދޫ ޖަގަހައިގައި ބޭއްވި ޖަލްސާގަ އެވެ.
މިރޭގެ ޖަލްސާގައި އެމްޑީޕީއަށް ސޮއިކުރެއްވުމަށްފަހު ސޮއިކުރި ފޯމް އިލްހާމް ވަނީ ރައީސް އާއި ހަވާލު ކުރަށްވާފައެވެެ. އިލްހާމް އެމްޑީޕީއަށް މިރޭ ސޮއިކުރެެއްވިއިރު އޭނާގެ މީގެ ކުރިން ވަނީ މިމަހުގެ 30 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ސާލިޙަށް ތާއިދު ކުރާކަން ހާމަކުރަށްވާފައެވެ.
މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އިލްހާމް ވަނީ އެމްޑީޕީގެ މެމްބަރުންގެ ކިބައިން މައާފަށް އެދިވަޑައިގެންފައެެވެ. އަދި އުމުރަށް ވެސް ހުންނަވާނީ އެޕާޓީގައި ކަމަށް އިލްހާމް ވިދާޅުވިއެެވެ.
އިލްހާމަކީ ޑީއާރުޕީ، ޕީޕީއެމް، އަދި ޖޭޕީގެ އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެެވެ.

ކިޔުންތެރިންގެ ހިޔާލު