އުމުރުން ދުވަސްވީ މީހުންނަަށް ދޭ އެލަވަންސް 7000 ރުފިޔާއަށް ބޮޑުކުރެއްވުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްަމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އުމުރުން ދުވަސްވީ މީހުންނަަށް ދޭ އެލަވަންސް ބޮޑުކުރަން ނިންމެވިކަން ރައީސް ސާލިހު އިއުލާންކުރެއްވީ އެމްޑީޕީން މާލޭގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

65 އަހަރުން ދޮށީ އުމުރުގެ މީހުންނަށް ދައުލަތުން ދެމުން އަންނަނީ 5000 ރުފިޔާގެ އެލަވަންސެކެވެ. މިއީ އެމްޑީޕީގެ ސަރުކާރުން 2008 ވަނަ އަހަރު ތައާާޜަފްކުރި އެލަވަންސެކެވެ.

ރައީސް ސާލިހު ވިދާޅުވީ 65 އަހަރުވުމުން ދޭ 5000 ރުފިޔާގެ އެލަވަންސަކީ މި ޒަމާނާއި ބަލާއިރު ކުޑަ އެލަވަންސެއްކަމަށާއި އެލަވަންސް ބޮޑުކުރުމަށް ގިނަ ރައްޔިތުންތަކެއް އެދިފައިވާކަމަށެވެ. އެހެންކަމުން ކުރިއަށް އޮޮތްތަނުގައި 5000 ރުފިޔާގެ އެލަވަންސް 7000 ރުފިޔާއަށް ބޮޑުވެގެންދާނޭކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި 65 އަހަރުން މަތީގެ ކޮންމެ މީހަކަށް 7،000 ރުފިޔާގެ އެލަވަންސެއް އަޅުގަނޑުމެން ދޭނަަން،" ރައީސް ވިދާޅުވިއެވެ.



އިސްރަށްވެހިންނަށް މިހާރު ލިބެމުން އަންނަ އެލަވަންސްއަށް ބަދަލު ގެނައުމުގެ މަސައްކަތް ފަށްޓަވާފައިވާކަން ރައީސް ސާލިހު އެންމެ ފުރަތަމަ އިއުލާންކުރެއްވީ މިއަހަރު ޖޫންމަހު އައްޑޫ ސިޓީގައި ބޭއްވި ޖަލްސާއެއްގައެވެ. އެލަވަންސްއެވެ.



ކިޔުންތެރިންގެ ހިޔާލު