ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރާ ގުޅުވައިގެން ކޮންމެ ދެ އަހަރުން އެއް އަހަރު ދެވޭ މުސާރައިގެ ކުރިއެރުން ނުވަތަ ސްޓެޕް އެލަވަންސް ދިނުމުގެ ހުއްދަ މިނިސްޓްރީ އޮފް ފިނޭންސްއިން ދީފައިވާކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފިއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައި މުވައްޒަފުންނަށް މި އެލެވަންސް ދިނުމަށްޓަކައި ހަމަޖައްސަންޖެހޭ އިދާރީ އިންތިޒާމްތައް ހަމަޖެއްސުމަށްޓަކައ،ި މިހާރު ވާނ،ީ ކޯޓުތަކަށް މި މަޢުލޫމާތު ހިއްސާކުރެވިފައިކަމަށެވެ. އެގޮތުން ޕާރފޯމަންސް އެޕްރެއިޒަލް ފޯމުތައް ފުރިހަމަ ކުރުމަށް ފަހު 5 އޮކްޓޯބަރ 2023 ގެ ނިޔަލަށް ފޮނުވޭ ފޯމުތަކަށް އެލަވަންސް ދެވިގެންދާނެކަމަށްވެސް އެ ޑިޕާޓްމަންޓުން ބުނެއެވެ.

މިހާތަނަށް އެލަވަންސް ނުދެވިވާ އެލަވަންސް މިފަހަރު ދެވިގެންދާނެކަމަށްވެސް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނެއެވެ. އަދި މި ހިނގާ 2023 ވަނަ އަހަރު ވާނީ 2017– 2018ގެ ސްޓެޕް އެލެވަންސް ފައިސާވެސް މުވައްޒަފުންނަށް ދީފައިކަމަށްވެސް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނެއެވެ.

އެ ޑިޕާޓްމަންޓުން ބުނީ ކުރިއަށް އޮތް އަހަރުތަކުގައިވެސް މި ކުރިއެރުނ،ް ޝަރުޢީ ދާއިރާގެ މުވައްޒަފުންނަށް ދިނުމުގެ ހުއްދަ މިނިސްޓްރީ އޮފް ފިނޭންސްއިން ދެއްވާފައިވާތ،ީ ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދަށް ގެންނަންޖެހޭ އިސްލާހްތައް ގެނެވިފައިވާކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު