އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތަކީ މިނިވަން މުއައްސަސާތަކުގެ ބާރުތައް ސަރުކާރަށް ޖަމާކުރުންކަމަށް ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މުއިއްޒަށް ފާޑުވިދާޅުވެ ޖީހާން ވާހަކަ ދެއްކެވީ، ގާނޫނުއަސާސީން ރައްޔިތުންނާއި ކަށަވަރުކޮށްދޭ ހައްގުތައް ލިބިދޭކަން ކަށަވަރުކުރަން މުޅިން އާ މުއައްސަސާއެއް އުފައްދާނެކަމަށް ޑރ. މުއިއްޒު ވިދާޅުވުމާއި ގުޅިގެނެވެ.
ރޭ ހުޅުދުއްފާރުގައި ބޭެއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ އޭނާގެ ސަރުކާރު ބިނާކުރާނީ އަދުލުވެރި އަދި އިންސާފުވެރި ސަރުކާރެއްގެ ގޮތުގައި ކަމަށާއި، ހައްގެއް ނުލިބޭ ކަމުގެ ޝަކުވާ ހުށަހެޅޭނެ ތަނެއް އެމަނިކުފާނުގެ ސަރުކާރުން ޤާްއިމްކުރައްވާނެ ކަމަށެވެ.
"ސަރުކާރުގެ ހިންގުމުގެ ނިޒާމުގެ ތެރޭގައި ހައްގެއް ނުލިބޭ ކަމުގެ ޝަކުވާ ހުށަހެޅޭނެ ތަނެއް ހުންނާނެ، ސިވިލް ރައިޓްސް ޑިޕާޓްމަންޓް ބޭރު ބައެއް ގައުމުތަކުގައި ހުރޭ، އެ ފަދަ މުއައްސަސާއެއް." މުއިއްޒު ވިދާޅުވިއެވެެ.
މުއިއްޒުގެ މި ސިޔާސަތަަށް ހިއުމަން ރައިޓްސް ދާއިރާގެ ތަޖުރިބާކާރެއްކަމަށްވާ، ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު ވަނީ ފާޑު ވިދާޅުވެފައެވެ.
ހިއުމަން ރައިޓްސް ކޮމިޝަން އެޗް.އާރް.ސީ.އެމްގެ މެމްބަރުކަން ކުރައްވާފައިވާ ޖީހާން ވިދާޅުވީ މުއިއްޒުގެ ސިޔާސަތަކީ އެޗް.އާރް.ސީ.އެމްގެ ބާރުތައް ކަނޑުވާލަން އެކުލަވާލި ސިޔާސަތެއް ކަމަށެވެ. އަދި މިނިވަން މުއައްސަސާތަކުގެ ބާރުތައް އަތުލައި، ސަރުކާރަށް ބާރު ޖަމާކުރުމަށް މަސައްކަތްކުރާތީ ކަންބޮޑުވާކަމަށްވެސް ޖީހާން ވިދާޅުވިއެވެ.
"މިއީ ހަމަ އެޗް.އާރް.ސީ.އެމްގެ ބާރު ކަނޑާލަން ކުރާކަމެއް. އަލުން އެޓޯލްސް މިނިސްޓްރީ ހަދައިގެން އެލް.ޖީ.އޭގެ ބާރު ކަނޑަން އުޅޭ ގޮތަށް ކުރާ ކަމެއް. މިނިވަން މުއައްސަސާތަކުގެ ބާރުތައް އަތުލައި ސަރުކާރަށް ބާރު ޖަމާކުރުމަށް މަސައްކަތްކުރާތީ ކަންބޮޑުވޭ." ޖީހާން ވިދާޅުވިއެވެ.
ޤާނޫނުއަސާސީން ލިބިދޭ ހައްގުތައް ކަށަވަރުކުރަން މުއިއްޒު މުއައްސަސާއެއް އުފައްދަވަން ނިންމާފައިވާތީ އެކަމަށް ފާޑު ކިޔުން އަމާޒުވެފައިވާއިރު، މުއިއްޒުގެ ވެރިކަމުގައި ކައުންސިލްތަކަށް އެހީތެރިވުމަށް މިނިސްޓްރީއެއް އުފައްދަން ނިންމާފައިވާކަން އިއުލާންކުރުމުންވެސް ފާޑު ކިޔުން ވަނީ އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު