ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރާ އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި އެމްޑީޕީއަށް ޑިމޮކްރެޓްސްގެ ފަރާތުން ހުށައަޅާ ގޮތްތަކެއް ހިމެނޭ ގަރާރެއް އެ ޕާޓީގެ ކައުންސިލަށް ހުށަހަޅައި އެ ގަރާރާއެއްގޮތަށް ކުރިއަށްދާން ފާސްކޮށްފިއެވެ.

ޑިމޮކްރެޓްސްގެ އިންޓަރިމް ކައުންސިލުގެ ބައްދަލުވުމުގައި އެގަރާރު ހުށައެޅީ އެމްޑީޕީގެ ކުރީގެ ނާއިބް ރައީސް މުހައްމަދު ޝިފާޒެވެ. އެ ގަރާރުގައި ބުނެފައިވަނީ ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން 28 ސެޕްޓެމްބަރުގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް ނަގަން އެމްޑީޕީން އެއްބަސްވާނަމަ، އެ ޕާޓީއާއެކު މަޝްވަރާ ކުރުމަށެވެ. އަދި ޕީޕީއެމާއެކު ސަރުކާޜު އުފެއްދުމަށް ބައިވެރިވާނެ މިންވަރާއި ޑިމޮކްރެޓްސްގެ ސިޔާސަތުތައް ބަޔާން ކުރެވޭ މިންވަރު 20 ސެޕްޓެމްބަރުގެ ކުރިން އެ ޕާޓީން ސޮއިކޮށް އެއްބަސްވާ ނަމަ އެ ޕާޓީއާއެކުގައި މަސައްކަތް ކުރުމަށް ގަރާރުގައިވެއެވެެ.



އެ ޝަރުތުތަކަށް އެއްވެސް ޕާޓީއަކުން އެއްބަސްނުވާ ނަމަ، ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރަން ވެސް ޝިފާޒް ހުށަހެޅުއްވި ގަރާރުގައި ވަނީ ބުނެފައެވެ.

އެ ގަރާރަށް ޑިމޮކްރެޓްސްގެ އިންޓަރިމް ކައުންސިލުގެ ބައްދަލުވުމުގައި މެމްބަރުން ވަރަށް ފުޅާދާއިރައެއްގައި ބަހުސްކޮށް އެގަރާރާއެއްގޮތަށް ކުރިއަށްދާން މިރޭ ވަނީ ފާސްކޮށްފައެވެ. މިގަރާރު ފާސްވީ 50 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން