ރާއްޖޭގެ މިނިވަންކަމަށް ބުރުލެއް އަރައިފާނެ އެއްވެސް ކަމެއް އަވަށްޓެރި އިންޑިއާއިން ނުކުރާނެކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް މިއަދު ވިދާޅުވެއްޖެ އެވެ.

ރޮޒައިނާ މިހެން ވިދާޅުވީ މި ސަރުކާރުން އިންޑިޔާއެކު ބާއްވާ ގާތްގުޅުމާއި ބެހޭގޮތުން އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ދައްކަވާ ވާހަކަފުޅު ތަކަށް ރައްދު ދެއްވަމުންނެެވެ. އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ އިންޑިއާ އައުޓް"ގެ ނަމުގައި ޕީޕީއެެމް/ޕީއެންސީން ހިންގި ކެމްޕެއިނަކީ މިސަރުކާރާ ދެކޮޅަަށް ރައްޔިތުންގެ ހިތުގައި ނަފުރަތު އުފައްދަން ކުރި ކަމެއް ކަމަށެވެ. އަދި އޭގެ ނަތީޖާއަކީ އިންޑިއާ ރައްޔިތުންނާ ދިވެހިންނާ ދޭތެރޭ އޮތް ޒަމާންވީ ރަހުމަތްތެރިކަން ނަފުރަތަށް ބަދަލުވެ، އެތައް ބައެއްގެ ހިތުގައި ބިރުވެރިކަން އުފެދުން ކަމަށް ރޮޒައިނާ އާދަމް ވިދާޅުވިއެެވެ. އޭނާ ވިދާޅުވީ މުއިއްޒު ވެރިކަމަށް ވަޑައިގަތަސް ރާއްޖޭގައި އޮންނާނީ އިންޑިއާ ފަސްޓް ޕޮލިސީ ކަމަށެވެ.

"އެއްވެސް މީހަކު ބޭރެއް ވެސް ނުކުރާނެ. މިތާ ހިންގާ އޮޕަރޭޝަންސް ކުރިއަށް ވެސް ދާނެ،" ރާއްޖޭގައި ތިިބި އިންޑިޔާ ސިފައިން ބޭރުކުރުމަށް ގޮވާލާ އިދިކޮޅު ފަރާތްތަކުން ހިންގާ "އިންޑިޔާ އައުޓް" ކެމްޕޭނަށް އިޝާރަތް ކުރަށްވައި ރޮޒެއިނާ ވިދާޅުވިއެވެ.

އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެފައި ވަނީ ރާއްޖޭގެ ހާރިޖީ ސިޔާސަތު ރަނގަޅުކޮށްލަން ޖެހޭނެ ކަމަށެވެ. އަދި އިންޑިއާ އަކީ އެންމެ ގާތް ރަހުމަތްތެރި އަވަށްޓެރިޔާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވީ އިންޑިއާ އަކީ ރާއްޖެ ހާރިޖީ ސިޔާސަތުގައި ޒަމާނުއްސުރެ އޮތް ގާތް، އެންމެ އިސްކަންދޭ ޕޮލިސީ އަކަށް އޮންނަންވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން