ފޮޓޯ: ޖަޒީރާ
ފޮޓޯ: ޖަޒީރާ
ޑިމޮކްރެސީގެ އެންމެ ރިވެތި އުސޫލަކީ އިންތިޚާބުވާ މީހަކު ވަކި ބަޔަކަށް ވެރިކަން ކޮށްދިނުމުގެ ބަދަލުގައި ހުރިހާ ރައްޔިތުންނަށްޓަކައި ވެރިކަން ކުރުން ކަމުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގްވާމީ ޑިމޮކްރެސީ ދުވަހާއި ގުޅުވައިގެން ދެއްވި ޚާއްސަ މެސެޖެއްގައި ފުއާދު ވިދާޅުވީ ރައްޔިތުން ހޮވާ މީހަކު ނުވަތަ ބަޔަކު ރައްޔިތުންނަށްޓަކައި ވެރިކަން ކުރުމަކީ ޑިމޮކްރެސީ ކަމަށެވެ.

މި މޭރުމުން ވާހަކަދައްކަވަމުން ފުއާދު ވިދާޅުވީ 1932 ވަނަ އަހަރުން ފެށިގެން ޑިމޮކްރެސީ ގާއިމުކުރުމަށް މަސައްކަތްތައް ކުރެވެމުން ދިޔަ ކަމަށެވެ. އަދި މިހާރު ރާއްޖޭގައިވެސް ތަހުޒީބު ގައުމުތަކުގައި އޮންނަ ފަދަ ޑިމޮކްރެސީ ގާއިމުކުރެވިފައިވާ ކަމަށް ފުއާދު ވިދާޅުވިއެވެ. ނަމަވެސް ރާއްޖޭގައި ޑިމޮކްރެސީގެ ސިފަތައް އަށަގެންނެވުމަށް އަދިވެސް މަސައްކަތް ކުރައްވަން ޖެހޭ ކަމުގައި އޭނާ ވިދާޅުވިއެވެ.

ރާއްޖެއަށް ޑިމޮކްރެސީގެ އަސާސްތައް އަށަގެންނެވުމުގެ ގޮތުން ކުރެވުނު މަސައްކަތުގެ ތެރެއިން 2008 ވަނަ އަހަރު ޑިމޮކްރެސީގެ އަސާސްތައް އެކުލެވޭ ގާނޫނުއަސާސީއެއް ދިވެހި ރައްޔިތުންނަށް ލިބިގެންދިޔަ ކަމަށް އީސީގެ ރައީސް ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ ޑިމޮކްރެސީއަކީ އެންމެ ގިނައިން ވޯޓް ލިބޭ މީޙަކު ވެރިކަން ކުރުން ކަމަށެވެ. ނަމަވެސް ރާއްޖެއަށް ޒަމާނީ ޑިމޮކްރެސީ ތަޢާރަފުކުރި ގާނޫނު އަސާސީގައި ބުނަނީ ރައީސް ކަމުގެ މަގާމަށް އިންތިހާބު ކުރެވޭނީ އިންތިހާބުގައި ވޯޓުލާ މީހުންގެ 50 އިންސައްތަ ވޯޓުގެ އިތުރަށް ވޯޓުލިބިގެން ކަމަށެވެ.

މި އަހަރުގެ ޑިމޮކްރެސީ ދުވަސް ފާހަގަކުރުމުގައި ބޭނުންކުރާ ޝިއާރަކީ "އެމްޕަވަރިންގ ދަ ނެކްސްޓް ޖެނެރޭޝަން" (ކުރިއަށް އޮތް ޖީލު ބާރުވެރި ކުރުވުން) އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން