ފޮޓޯ: ރައްޔިތުންގެ މަޖްލީސް
ފޮޓޯ: ރައްޔިތުންގެ މަޖްލީސް
މީޑިއާއިން ކުރަންޖެހޭ ސަރުކާރު ޖަވާބުދާރީކުރުވުމުގެ މަސައްކަތް ހުއްޓިފައި އޮތް ކަމަށް ރައްޔިތުންގެ މަޖްލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގްވާމީ ޑިމޮކްރެސީ ދުވަހާއި ގުޅުވައިގެން މީސް މީޑިއާ މެދުވެރިކޮށް ދެއްވި ޚިތާބެއްގައެވެ.

ރައްޔިތުންނާއި މުޚާތަބުކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ސަރުކާރު ޒިންމާދާރުކޮށް ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ހުއްޓުވިފައި އޮތީ ރައްޔިތުންގެ މަޖްލީހުން އެކަނި ނޫން ކަމަށާއި މީޑިއާ ތެރޭގައިވެސް އެ މަސައްކަތް ހުއްޓިފައި އޮތް ކަމަށެވެ.

"ފުރަތަމަ ނުކުތާއަކީ އިންސާފުވެރި އިންތިހާބު. ދެވަނައަށް، ޑިމޮކްރެޓިކް އުސޫލުތަކުގައި ހަމަކަށަވަރުން ހިންގަން ޖެހޭ މަސައްކަތެއް ސަރުކާރު ޖަވާބުދާރީކުރުވުން. ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ހުއްޓިފައި މިއޮތީ ހަމައެކަނި ރައްޔިތުންގެ މަޖިލީހަކު ނޫން. މީޑިއާގައި ވެސް މެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ޑިމޮކްރެސީގައި އިންސާފުވެރި، ދެފުށް ފެންނަ އިންތިޚާބެއް ބޭއްވުމާއި އަދުލުވެރި، އިންސާފުވެރި އިންތިޚާބެއް ބޭއްވުމުގެ މުހިންމުކަމުގެ މައްޗަށް ރައީސް ނަޝީދުގެ ވާހަކަފުޅުގައި އަލިއަޅުއްވާލައްވާފައި ވެއެވެ.

"މި ޑިމޮކްރެޓިކް ހިފެހެއްޓުމަށް ޓަކައި އަޅުގަނޑުމެން މުހިއްމު ތިން ހަތަރު ކަމެއް އެބަ ހިފަހައްޓަން ޖެހޭ. ހާއްސަގޮތެއްގައި އިންތިހާބުތައް އެެއީ މިނިވަން ދެފުށް ފެންނަ ގޮތަކަށް ބޭއްވޭ އިންތިހާބުތަކަކަށް ވުން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

މި އަހަރުގެ ޑިމޮކްރެސީ ދުވަސް ފާހަގަކުރުމުގައި ބޭނުންކުރާ ޝިއާރަކީ "އެމްޕަވަރިންގ ދަ ނެކްސްޓް ޖެނެރޭޝަން" (ކުރިއަށް އޮތް ޖީލު ބާރުވެރި ކުރުވުން) އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން